މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓުގެ ދަށުން ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްއަށް ބޭނުންވާ ޑޯ ލޮކް ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭ.ޑީ.ބީ) ގެ މާލީ އެހީތެރިކަމާއެކު، މި މިނިސްޓްރީއިން ތަންފީޛުކުރަމުންދާ ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓުގެ ދަށުން، ސިންގަލްވިންޑޯ ނިޒާމުގެ އޮޕަރޭޓަރ ކުންފުނިކަމުގައިވާ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްއަށް ބޭނުންވާ ޑޯ ލޮކް ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއްހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު، މި އިޢުލާނާއެކު ހިމެނިފައިވާ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މިބީލަންގެ ކަންކަން ކުރިއަށްގެންދާނީ އޭ.ޑީ.ބީ ގެ ޕްރޮކިއުމަންޓް ރެގިއުލޭޝަންގެ ރިކުއެސްޓް ފޮ ކޯޓޭޝަން (އާރް.އެފް.ކިއު)ގެ އުސޫލުތަކާއި އެއްގޮތަށެވެ. ވިމާ، ބީލަން ކާމިޔާބުކުރާ ފަރާތާއެކު ޚިދުމަތާއި ތަކެތި ހޯދުމަށް މި މިނިސްޓްރީއިން ސޮއިކުރާ އެއްބަސްވުން އެކުލަވާލެވޭނީ، މި އިޢުލާނާއެކު ހިމެނިފައިވާ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ އޭ.ޑީ.ބީ ގެ ޝަރުތުތައް ނުވަތަ ޓާރމްސް އެންޑް ކޮންޑިޝަންސް އާއި އެއްގޮތަށެވެ.

ޑޯ ލޮކް ސިސްޓަމް ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް، 25 އޮކްޓޯބަރ ވާ ހޯމަ ދުވަހުގެ 1:30 ގައި މިމިނިސްޓްރީ (ވެލާނާގެ 11 ވަނަ ފްލޯ) ގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އަގު ހުށަހަޅުއްވާ ފަރާތްތަކުން 4 ނޮވެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 1:30 ގައި މިނިސްޓްރީ (ވެލާނާގެ 11 ވަނަ ފްލޯ)  އަށް ވަޑައިގެންއަގު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސެޝަންގައި ބައިވެރިނުވާ ފަރާތްތަކަށްވެސް މި މަސައްކަތަށް އަގު ހުށަހެޅުމުގެ ފުރުސަތު ލިބިގެންވެއެވެ.

މި އިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާސް، ގެޒެޓްގައި ޝާއިޢުކޮށް އަދި މި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑްކުރެވޭނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 7667767 އަށް ގުޅުއްވުން އެދެމެވެ.

އަގު ހުށަހަޅާއިރު ހުށަހަޅަންޖެހޭ ތަކެތި/ލިޔެކިއުން؛

  1. ފުރިހަމަކޮށް، ސޮއިކޮށްފައިވާ ބީލަން ހުށަހަޅާފޯމް
  2. އެސްޓިމޭޓް / ކޯޓޭޝަން (ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ އަދަދުތައް ހިމަނައިގެން)
  3. ބިޑް ހުށަހަޅާ ފަރާތުގެ ޕްރޮފައިލް
  4. އަގުހުށަހަޅާ ތަކެތީގެ ފޮޓޯ އާއި ސްޕެސިފިކޭޝަން
  5. އަގުހުށަހަޅާ ތަކެތީގެ ކަންޓްރީ އޮފް އޮރިޖިން ބަޔާންކުރާ ލިޔުން.
  6. ކުންފުނި ނުވަތަ ވިޔަފާރީގެ ރަޖިސްޓްރޭޝަން ކޮޕީ
  7. ފޯމް އޮފް ކޯޓޭޝަން (ގެޒެޓްގައި ހިމެނިފައި)

މަތީގައި ބަޔާން ކުރެވިފައިވާ ތަކެތި/ލިޔުންތަށް ހަމަ ނޫން ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. 

20 އޮކްޓޫބަރު 2021
ހޯދާ