ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
Supply and Delivery of Engine full Overhaul for C2401 Cukurova 888 Backhoe Loader

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

                                                          ނަމްބަރު: IUL)RDC/RDC/2021/139)

  

ރޯޑް ޑިވެލޮޕްމެންޓް ކޯޕޮރޭޝަންގެ ބޭނުމަށް ބެކްހޯ ލޯޑަރ (C2401 Cukurova 888) އިންޖީން މަރާމާތު ކުރުމަށް ޕްރޮޕޯސަލް / ކޯޓޭޝަން ހޯދުން

 

މި ކޯޕަރޭޝަންގެ ބޭނުމަށް ބެކްހޯ ލޯޑަރ (C2401 Cukurova 888) އިންޖީން މަރާމާތު ކުރުމަށްބޭނުން ވެއެވެ. އިތުރު ތަފްސީލް މި އިޢުލާން އާއި އެއްކަރުދާސް ކުރެވިފައި ވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1-      ބިޑް ސަބްމިޝަން ފޯމް (ފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުމަކާއި އެކު.)

2-      ވެންޑަރ ރަޖިސްޓްރޭޝަން ފޯމް، ފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުމަކާއި އެކު. (މި ކޯޕަރޭޝަންގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތައް އަލުން "ވެންޑަރ ރަޖިސްޓްރޭޝަން" ފޯމް ހުށަހަޅާކަށް ނުޖެހޭނެއެވެ).

އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވައި ފަރާތްތަކުން 31 އޮކްޓޯބަރ 2021 (އަންގާރަ) ދުވަހުގެ 12:00 ޖެހުމާއި ހަމަޔަށް  އީމެއިލް މެދުވެރިކޮށް، މައުލޫމާތު ސާފުކުރުމަށް ހުޅުވައިލެވިފައި ވާނެއެވެ.

-          އީމެއިލް: [email protected]

-          މައުލޫމާތު ސާފު ކުރުމަށް އީމެއިލް ކުރައްވާ ފަރާތްތަކަށް ޖަވާބު އީމެއިލް މެދުވެރިކޮށް ކަނޑައެޅިފައިވާ ސުންގަޑިއަށް ފަހު ހުރިހާ ފަރާތަކަށް ހުރިހާ ސުވާލެއްގެ ޖަވާބު އީމެއިލް ކުރެވޭނެއެވެ. ( ޖަވާބުތައް ބޭނުންފުޅުވާ އިތުރު ފަރާތްތަކުން ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން އީމެލް އަކުން އެންގެވުމުން ޖަވާބުތައް ހިއްސާކުރެވޭނެ ވާހަކަ ދަންނަވަމެވެ.)

 

  • މި ހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް [email protected] އަށް 25 އޮކްޓޯބަރ 2021 (ހޯމަ) ދުވަހުގެ 14:00 އާއި ހަމަޔަށް ރަޖިސްޓަރ ކުރުމަށް ހުޅުވާލަމެވެ.
  • ރަޖިސްޓަރ ކުރުމަށް އީމެއިލް ކުރަށްވާނީ ތިރީގައިވާ މައުލޫމާތު ޖެއްސެވުމަށްފަހުގައެވެ.

-          އިއުލާން ނަންބަރ

-          ނަން

-          ކޮމްޕެނީ ނަން

-          ނަންބަރ

-          އީމެއިލް އެޑްރެސް (ހަމައެކަނި އެއް އީމެއިލް އެޑްރެސް)

 

ޕްރޮޕޯސަލް ހުށަހެޅޭނީ ސުންގަޑީގެ ކުރިން ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް އެކަންޏެވެ. 

                            ވީމާ، މިހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 02 ނޮވެމްބަރ 2021 (އަންގާރަ) ދުވަހުގެ 11:00 އަށް ހާޒިރުވެ ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ އެޑްރެހަށް ގުޅުއްވުން އެދެމެވެ. ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހަޅަންވާނީ މި ކޯޕަރޭޝަންގެ މައި އޮފީހަށެވެ.

                           ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

                            އެމް އެސް އެލް ބިލްޑިންގް، އޯކިޑު މަގު

                            މާލެ، ދިވެހިރާއްޖެ

                            ފޯން ނަންބަރު: 3339060

                            މެއިލް : [email protected]

                           

 

 

20 އޮކްޓޫބަރު 2021
ހޯދާ