އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ރ. ފާރުފުށީގައި ޤަވާޢިދާ ޚިލާފަށް މަސައްކަތް ކުރުމާއި ގުޅިގެން ކޮށްފައިވާ ޖޫރިމަނާއާއި ގުޅޭ

 ނަންބަރު: (PR)203-ECA/203/2021/1

 

ނޫސްބަޔާން

 

ރ. ފާރުފުށީގައި ޤަވާޢިދާ ޚިލާފަށް މަސައްކަތް ކުރުމާއި ގުޅިގެން ކޮށްފައިވާ ޖޫރިމަނާއާއި ގުޅޭ

ފާރުފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ރ.ފާރުފުށީގައި ރިސޯޓެއް ތަރައްޤީކުރުމުގެ މަޝްރޫޢުއަށް ހުށަހަޅާފައިވާ ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓާއި ހިލާފަށް އެ ކުންފުނިން މަސައްކަތް ކޮށްފައިވާތީ ދިވެހިރާއްޖޭގެ ތިމާވެށިރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު:4/93) ގެ ދަށުން ހަދާފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާޢިދު (ޤަވާޢިދު ނަންބަރު:2011/R-9) ގެ 16 ވަނަ މާއްދާގެ ދަށުން އަދި ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012  (ގަވާއިދު ނަންބަރު:  (2012/R-27 ގެ 20 ވަނަ މާއްދާގެ (ހ) ގެ 10 ވަނަ ނަންބަރަށް ރިޢާޔަތްކޮށް ޖުމްލަ 275،000  (ދެލައްކަ ހަތްދިހަ ފަސް ހާސް) ދިވެހިރުފިޔާއިން ފާރުފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވަނީ 20 އޮކްޓޯބަރު 2021 ގައި ޖޫރިމަނާކޮށްފައެވެ. އަދި މިޖޫރިމަނާ ފައިސާ މިއެޖެންސީއަށް 30 (ތިރީސް) ދުވަހުގެ މުއްދަތުގެ ތެރޭގައި ދެއްކުމަށް އެފަރާތަށްވާނީ އަންގާފައެވެ.

     ..................................................................

14 ރަބީޢުލްއައްވަލް 1443

20 އޮކްޓޯބަރު 2021

 

20 އޮކްޓޫބަރު 2021
ހޯދާ