ދިވެހިރާއްޖެ
ނަންބަރު: (IUL)202-M/1/2021/111
އިޢުލާން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދާ ނައިޓް ފަޔަރިން ތަމްރީނުތަކެއް 2021 އޮކްޓޫބަރު 25 އަދި 26 މި ދެ ދުވަހު 18.30 އިން 22.30 އަށް ކ.ގިރިފުށީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން މިއޮތޯރިޓީއަށް އަންގާފައިވެއެވެ. މި ތަމްރީނުތަކުގެ ތަފްސީލް ތިރީގައި މިވަނީއެވެ.
ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް
1- ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް : އޭކޭ ސީރީޒް ރައިފަލް
2- ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން: 4100 މީޓަރ
3- ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 100 މީޓަރ
4- ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީ.ލެވެލް
5- .ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން: ގިރިފުށީގެ ރޭންޖްއިން ހުޅަނގު ދެކުނު
ވީމާ، މި ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އާއްމުކޮށްއަންގާ އިޢުލާންކުރީމެވެ.
14 ރަބީއުލްއައްވަލް 1443
20 އޮކްޓޫބަރު 2021
ދިވެހި ސަރުކާރުގެ ގެޒެޓް