ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ، މުލީއާގެ
ދިވެހިރާއްޖެ
މި އޮފީހުގައި ހުރި ބާ ތަކެތި ނީލަމުގައި ވިއްކާލުން

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ
މުލީއާގެ – ދިވެހިރާއްޖެ

                                    

މި އޮފީހުގައި ހުރި ބާ ތަކެތި ނީލަމުގައި ވިއްކާލުން


އިޢުލާން

މި އޮފީހުގެ ނަންބަރު (IUL)RRG/HR/RRG/2021/1 އިޢުލާނުގައިވާ ގޮތުގެމަތިން، 20 އޮކްޓޫބަރ 2021 ވީ ބުދަ ދުވަހުގެ ނީލަމުގައި ނުވިކި ހުރި ތަކެތި އަލުން ނީލަން ކިޔުން 1 ނޮވެމްބަރ 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 09:30 ގައި މި އޮފީހުގެ ރަންޖެހިކޮށީ ގޯތިތެރޭގައި އޮންނާނެއެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 1 ނޮވެމްބަރ 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 09:30 އަށް ރަންޖެހިކޮށްޓަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ. މިދުވަހުގެ ނީލަމުގައި ނުވިކޭ ތަކެތީގެ އަގު ދަށްކުރުމަށްފަހު ނީލަމުގެ ބައިވެރިންގެ ޙާޟިރުގައި ކުރިޔަށް ގެންދެވޭނެއެވެ.

ނީލަމުން ތަކެތި ނަގާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންދަވަންވާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

 14 ރަބީޢުލްއައްވަލް 1443

20 އޮކްޓޫބަރު 2021
ހޯދާ