މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް އިން ކ.ގިރިފުށީގައި ކުރިއަށް ގެންދާ ނައިޓް ފަޔަރިން ތަމްރީނާއި ގުޅޭގޮތުން

     ނަންބަރު: (IUL)202-M/1/2021/110  

 

އިޢުލާން

      މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ކުރިއަށް ގެންދާ ނައިޓް ފަޔަރިން ތަމްރީނުތަކެއް 27 އޮކްޓޫބަރު 2021  ވަނަ ދުވަހު 18.30 އިން 22.30 އަށް ކ.ގިރިފުށީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން މިއޮތޯރިޓީއަށް އަންގާފައިވެއެވެ. މި ތަމްރީނުތަކުގެ ތަފްސީލް ތިރީގައި މިވަނީއެވެ.

 

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް

1- ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް :           އޭކޭ ސީރީޒް ރައިފަލް

2 ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން:      4600 މީޓަރ

3- ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން:     100 މީޓަރ

4- ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން:      ސީ.ލެވެލް

5- ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން:        ގިރިފުށީގެ ރޭންޖްއިން ހުޅަނގު ދެކުނު

 

ވީމާ، މި ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އާއްމުކޮށްއަންގާ އިޢުލާންކުރީމެވެ. 

 

            14 ރަބީއުލްއައްވަލް   1443

            20 އޮކްޓޫބަރު      2021

 

20 އޮކްޓޫބަރު 2021
ހޯދާ