ދިވެހިރާއްޖެ
ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ޝޮޕިންގ އުސޫލުން (ޖުމްލަ އަގު -/35,000 ރުފިޔާއިން ދަށުގެ) ކުރިއަށް ގެންދަންޖެހޭ ޕްރޮކިއުމަންޓްތަކަށް ކޯޓޭޝަން ހުށަހެޅުމަށް، ވެންޑަރ ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، ވެންޑަރ ރަޖިސްޓްރީގައި ހިމެނުމަށް ބޭނުންވާ ވިޔަފާރިތަކުން މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ "ވެންޑަރ ރަޖިސްޓްރޭޝަން ފޯމް" ފުރިހަމަކުރެއްވުމަށްފަހު، ފޯމްގައި ބަޔާންކުރާ ލިޔުންތަކާއެކު 30 ނޮވެންބަރު 2021ގެ ކުރިން މިއޮފީހުގެ އީމެއިލް، [email protected] އަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.
ވެންޑަރ ރަޖިސްޓްރީ ކުރުމަށްއެދޭ ފޯމް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ، 7960440 އަށް ގުޅުއްވުން އެދެމެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީސް
8 ވަނަ ފަންގިފިލާ، މޫކައި ސުއިޓްސް
މ.ސަކައިމޫ، ހަވީރީ ހިނގުން
މާލެ، ދިވެހިރާއްޖެ