މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މިނިސްޓްރީ ހިންގާ ޢިމާރާތް ކަމުގައިވާ އިސްލާމީ މަރުކަޒުގެ 02 ފާހާނާއެއްގެ މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންކުރި އިއުލާން ނަންބަރު: (IUL) 142-A1/142/2021/153އާ ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ އަލުން މި ފުރުސަތު ހުޅުވާލަމެވެ.

 ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ސެޝަން އޮންނާނީ 25 އޮކްޓޯބަރ 2021 ވާ ހޯމަ ދުވަހުގެ 13:00 ގައި މި މިނިސްޓްރީގައެވެ. މި މީޓިންގައި ބިޑާއި ގުޅިގެން ސަމާލުކަންދޭންވީ ކަންކަން ހިއްސާކުރުމާއި، ބިޑަރުންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.

ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 24 އޮކްޓޯބަރ 2021 ވާ އާދީއްތަ ދުވަހުގެ 16:00 ގެ ކުރިން މި މިނިސްޓްރީގެ މެއިލް  [email protected]  މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓަރ ކުރެވުންތޯ ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ.

ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:

-          އިޢުލާން ނަންބަރު (ކޮން މަސައްކަތެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

-          ކުންފުނީގެ ނަން

-          ގުޅޭނެ ފޯނު ނަންބަރު

-          އީމެއިލް އެޑްރެސް

-          މެއިލް ފޮނުވާ ފަރާތުގެ ނަން

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 01 ނޮވެމްބަރ 2021 ވާ ހޯމަ ދުވަހުގެ 11:00 ގައި މިނިސްޓްރީގެ މީޓިންގ ރޫމް 01 ގައެވެ.  ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 28 އޮކްޓޯބަރ 2021 ވާ އާދީއްތަ ދުވަހުގެ 11:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020284، 3020276، 3020239 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

                                    14 ރަބީޢުލްއައްވަލް 1443

20 އޮކްޓޫބަރު 2021
ހޯދާ