ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫ މޫދަށް އެރޭ ސަރަޙައްދު ތަރައްޤީކުރުން

އިޢުލާން

    

                ތިނަދޫ މޫދަށް އެރޭ ސަރަޙައްދު ތަރައްޤީކުރުމަށް ބޭނުންވާތީ ،ތިނަދޫ އިރުމަތީ ފަރާތުގައި އޮޑި ދޯނިފަހަރު އެހެލުމަށް ކަނޑައަޅުއްވާފައިވާ ސަރަޙައްދުގައިހުރި އަމާޒު ނަމަކަށް ކިޔާ ދޯނި މަރާމާތް ކުރުމަށް އަޅާފައިވާ ހަރުގޭގެ ދެކުނުފަރާތުގައި އެހެލާފައިވާ އުޅަނދުތައް 20 އޮކްޓޯބަރ 2021 ވަނަ ދުވަހުން ފެށިގެން 07 ދުވަސް ތެރޭގައި އެސަރަޙައްދުން ނެގުމަށް ދަންނަވަމެވެ. އަދި މޫދުގައި އަޅާފައިވާ އުޅަނދުތައްވެސް ކައުންސިލުން ހުއްދަދޭ ހިސާބުން ދުރަށް ( ސްވިމިން ޓްރެކުން ދުރަށް ) ބަދަލު ކުރުމަށްވެސް އަންގަމެވެ . އަދި މި މުއްދަތުގެ ތެރޭގައި އެ ސަރަޙައްދުގައި ނުނަގައި ހުރި އުޅަނދުފަހަރު ކައުންސިލުން ނެގުމުގައި ލިބިދާނެ ގެއްލުމަކަށް މި އިދާރާއިން ޒިންމާ ނުނަގާނެ ވާހަކަ ވެސް މި ފުރުޞަތުގައި ދެންނެވީމެވެ.

                     ވީމާ، މިކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.

19 އޮކްޓޫބަރު 2021
ހޯދާ