ދިވެހިރާއްޖެ
އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިގުރަށް، ދިވެހިރާއްޖެ.
ނަންބަރު:353/2021/41 (IUL)
އިޢުލާނު
މަސްޖިދުލް އިނާރާގެ އެތެރޭގައި ނެވިލޯން އެޅުން
މިރަށު ހުކުރުކުރާ މިސްކިތްކަމުގައިވާ މަސްޖިދުލް އިނާރާގެ އެތެރޭގައި ނެވިލޯން އަޅަން ބޭނުންވެއެވެ. ވީމާ، އަމިއްލަތަކެތީގައި މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތުގެ މައްޗަށްބިނާކޮށް 31 އޮކްޓޯބަރ 2021 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ކައުންސިލް އިދާރާއަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.
ނެވިލޯން އެޅުމާބެހޭ މަޢުލޫމާތު
- ތިރީގައިވާ މަޢުލޫމާތާ އެއްގޮތަށް އދ. ދިގުރަށު މަސްޖިދުލް އިނާރާ (މިސްކިތް) ގެ އެތެރޭގައި ނެވިލޯން އެޅުން
- ނެވިލޯން އަޅަންބޭނުންވާ އޭރިއާ: މިސްލިތުގެ އެތެރޭގެ ފުޅާމިން (ސަފުދިގަށް) 49 ފޫޓް، ދިގުމިން (ޤިބްލައަށް) 36 ފޫޓް އަދި މިޙްރާބުގެ، ޤިބުލައަށް 8 ފޫޓް ފުޅާ 6 ފޫޓް
- ނެވިލޯން އަޅަންވާނީ، ހުދު ނުވަތަ އަޅި ނުވަތަ ޕީޗް ނުވަތަ ކައުންސިލުން ޤަބޫލުކުރާ އެހެނިހެން މަޑުކުލައެއްގެ މަންޒަރުނެތް ނެވިލޯނެވެ. އަދި ނެވިލޯންގެ ކުލައާއި ސްޕެސިފިކޭޝަންތައް ކައުންސިލަށް ހުށަހަޅައިގެން ފާސްކުރަންވާނެއެވެ. ނެވިލޯންގެ މިނިމަމް ރިކްއަރމަންޓްސް ތިރީގައި އެވަނީއެވެ.
Thickness 2.5 mm
Wear layer 0.43 mm
Weight 2,350 grams per SQM
Sound acoustic 25db
- އަގުހުށަހަޅާނީ ތަކެތީގެ އަގާއި މިސްކިތުފައި ނެވިލޯން އަޅައިދިނުމަށް ހިނގާނެ އެންނެހާ ޚަރަދުތައް ހިމަނައިގެން ޖުމްލަ އަގާއި، މުޅިމަސައްކަތް ނިންމާދޭނެ މުއްދަތެކެވެ.
- ސަފުތައް ފާހަގަވާގޮތަށް ނެތް ނެވިލޯނެއްނަމަ، ސަފުތައް ފާހަގަކޮށްދޭންވާނެއެވެ.
ބީލަމާބެހޭ އިތުރު މަޢުލޫމާތު
- މި މަސައްކަތަށް ބީލަން ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް ދީފައިވާ މުއްދަތުގައި ބީލަން ހުށަހެޅުމަށް ކައުންސިލް އިދާރާގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި، ޕާޓްނަރޝިޕް ނުވަތަ ފަރުދުންގެ ވިޔަފާރިތަކަށެވެ.
- މި މަސައްކަތަށް ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 28 އޮކްޓޯބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށްޓަކައި ކައުންސިލް އިދާރާގައި ރަޖިސްޓްރީ ކުރަންވާނެއެވެ. ރަޖިސްޓްރޭޝަން ފޯމް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ފޯމާއެކު ކުންފުނީގެ ނުވަތަ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
- ބީލަން ހުށަހަޅާ ފޯމާއެކު، ބީލަމަށް ޒިންމާވާނެ (ކުންފުނީގެ ނުވަތަ ވިޔަފާރީގެ) ވެރިއެއްގެ އައިޑީކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
- މި މަސައްކަތާގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6680631 ނަންބަރު ފޯނަށް ނުވަތަ 9786054 މޮބައިލަށެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
13 ރަބީޢުލްއައްވަލް 1443
19 އޮކްޓޯބަރ 2021
(ސޮއި)
އިބުރާހީމް ޢުޠްމާން
ކައުންސިލްގެ ރައީސް