މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިމިނިސްޓްރީގެ ފަރާތުން ބަލަހައްޓަމުން ގެންދަވާ ހ.ވެލާނާގެ، ޢިމާރާތުގެ ގޯތި ތެރެއާއި ގްރައުންޑް ފްލޯރ އަދި ބޭރު ކޮރިޑޯ 02 (ދޭއް) އަހަރު ދުވަހަށް ފޮޅާ ސާފުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ،ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ބަލަހައްޓަމުން ގެންދަވާ ހ.ވެލާނާގެ، ޢިމާރާތުގެ ގޯތި ތެރެއާއި ގްރައުންޑް ފްލޯރ އަދި ބޭރު ކޮރިޑޯ 02 (ދޭއް) އަހަރު ދުވަހަށް ފޮޅާ ސާފުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމާއި ގުޅޭ މަޢުލޫމާތު ސެޝަން އޮންނާނީ 26 އޮކްޓޯބަރ 2021 އަންގާރަ ދުވަހުގެ މެންދުރު 13:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ. އަދި އިޢުލާނާއިގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ  28 އޮކްޓޯބަރ 2021ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ކުރިން [email protected]އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

 

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 31އޮކްޓޯބަރ 2021ވާ އާދީއްތަދުވަހުގެ މެންދުރު 11:00ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި، މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

މި ދުވަސްވަރަކީ ކޮވިޑް-19  ގެ ބަލިމަޑުކަން ބާރުމިނުގައި ފެތުރެމުންދާ ދުވަސްވަރެއްކަމުން ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާއި އެއްގޮތްވާ ގޮތަށް އަމަލު ކުރުމަށް ދައްނަވަމެވެ.

 

                           12 ރަބީޢޫލްއައްވަލް 1443 ހ.

                           19 އޮކްޓޯބަރ    2021 މ.

19 އޮކްޓޫބަރު 2021
ހޯދާ