މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
މަސައްކަތް (ކޮންސަލްޓެންސީ)

މޯލްޑިވްސް ލަރނިންގ، އެޑްވާންސްމަންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓް (LAMP: P172631)

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

  ދިވެހިރާއްޖެ

(ޕްރޮކިއުމަންޓްރިފަރަންސް:MV-MOE-220097-CS-CQS)

 

ދިވެހި ސަރުކާރުން ގްލޯބަލް ޕާޓްނަރޝިޕް ފޮރ އެޑިޔުކޭޝަންގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ "މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓް" ގެ ދަށުން ފައުންޑޭޝަން ސްޓޭޖުން ފެށިގެން ކީ ސްޓޭޖް 2 (އެލް.ކޭ.ޖީ - ގްރޭޑް 6) އާ ދެމެދުގެ ދަރިވަރުންގެ ކިބައިން ފާހަގަކުރެވޭ އުނގެނުމުގައި ދިމާވާ ވަކިވަކި ދަތިތަކާއި(Specific Learning Difficulties (SpLD))  ހެދިބޮޑުވުމުގައި ފެންނަ ލަސްކަން (Global Developmental Delays (GDD))  ޅަފަތުގައި ދެނެގަތުމަށްޓަކައި ބޭނުންވާ ޝާމިލް ވަސީލަތެއް (Universal Screening Tool) އުފެއްދުމަށް ކުރެވުނު ނަންބަރު(IUL)22-E/22/2021/190  (08 އޯގަސްޓް 2021) އިޢުލާނުގެ ޓަރމްސް އޮފް ރެފަރެންސަށް ބަދަލުތަކެއް ގެނެވިފައިވާތީ، ދެންނެވުނު އިޢުލާން ބާތިލްކޮށް ކޮންސަލްޓެންސީ ފަރމްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

 

ދިވެހި ސަރުކާރުން ގްލޯބަލް ޕަރޓްނަޝިޕް ފޮރ އެޑިޔުކޭޝަން (ޖީ.ޕީ.އީ) ގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓް (ލޭމްޕް) ގެ ދަށުން، ފައުންޑޭޝަން ސްޓޭޖުން ފެށިގެން ކީ ސްޓޭޖް 2 (އެލް.ކޭ.ޖީ - ގްރޭޑް 6) އާ ދެމެދުގެ ދަރިވަރުންގެ ކިބައިން ފާހަގަކުރެވޭ އުނގެނުމުގައި ދިމާވާ ވަކިވަކި ދަތިތަކާއި (Specific Learning Difficulties (SpLD))  ހެދިބޮޑުވުމުގައި ފެންނަ ލަސްކަން (Global Developmental Delays (GDD)) ޅަފަތުގައި ދެނެގަތުމަށްޓަކައި ބޭނުންވާ ޝާމިލް ވަސީލަތެއް (Universal Screening Tool) އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ކޮންސަލްޓެންސީ ފަރމްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާ ޓަރމްސް އޮފް ރެފަރަންސްގައި ބަޔާން ކުރެވިފައިވާނެއެވެ. މި ކޮންސަލްޓަންސީގެ މުއްދަތަކީ 4 މަސައްކަތު މަހެވެ.

ޝޯޓް ލިސްޓް ކުރުމުގައި ބެލޭނެ މިންގަނޑަކީ:

  • ތަޢުލީމީ ދާއިރާއާ ގުޅޭގޮތުން ވޭތުވެދިޔަ ތަނުގައި ކޮންސަލްޓެންސީގެ ޚިދުމަތް ފޯރުކޮށްދީފައިވާ ކޮންޓްރެކްޓްތަކުގެ ތެރެއިން މަދުވެގެން 2 ކޮންޓްރެކްޓް ކަނޑައެޅިފައިވާ މުއްދަތުގައި ފުރިހަމަކޮށްފައިވާކަން ސާބިތުކޮށްދިނުން (ޖުމްލަ ޕޮއިންޓްގެ އަދަދު: 50)

      - ކޮންޓްރެކްޓް ފުރިހަމަ ކޮށްފައިވާނަމަ 25 ޕޮއިންޓް ދެވިގެންދާނެއެވެ.

      - ފުރިހަމަ ކޮށްފައިވާ ކޮންމެ އިތުރު ކޮންޓްރެކްޓަކަށް 5 ޕޮއިންޓްގެ ނިސްބަތުން ޖުމްލަ 50 ޕޮއިންޓާއި ހަމައަށް ދެވިގެންދާނެއެވެ.

ޝޯޓް ލިސްޓް ކުރުމުގެ މަރުހަލާގައި، މަސައްކަތުގައި ހަރަކާތްތެރިވާ މާހިރުންނަށް މާކުހެއް ނުދެވޭނެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ވޯލްޑް ބޭންކްގެ "ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޯރ އައި.ޕީ.އެފް ބޮރޯވާރސް (ޕްރޮކިއުމަންޓް އިން އިންވެސްޓްމެންޓް ޕްރޮޖެކްޓް ފައިނޭންސިންގް – ގުޑްސް، ވޯރކްސް، ނޮން-ކޮންސަލްޓިންގް އެންޑް ކޮންސަލްޓިންގ ސާރވިސާސް، ޖުލައި 2016 ރިވައިސްޑް ނޮވެމްބަރ 2017 އެންޑް އޮގަސްޓް 2018) ގެ ސެކްޝަން III ގެ ޕެރެގްރާފް 3.17 ގައި ބަޔާންކޮށްފައިވާ "ކޮންފްލިކްޓް އޮފް އިންޓްރެސްޓް" ޕޮލިސީއަށް ސަމާލުކަންދެއްވުން އެދެމެވެ. މީގެ އިތުރުން މި މަސައްކަތާއި ގުޅޭގޮތުން ތިރީގައި ބަޔާންކޮށްފައިވާ "ކޮންފްލިކްޓް އޮފް އިންޓެރެސްޓް" އަށް ރިޢާޔަތްކުރެއްވުން އެދެމެވެ.

3.17 – އެހެން ފަރާތަކަށް ކުރިން ކޮށްދެއްވި ނުވަތަ މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކާއިގުޅޭ ނުވަތަ ޚިދުމަތް ލިބިގަންނަ ފަރާތަށް އެންމެ ފައިދާހުރި ގޮތުގައި މަސައްކަތް ކުރިއަށް ނުގެންދެވޭފަދަ ހާލަތެއް މެދުވެރިވާ ކަމަކަށް ކޮންސަލްޓަންޓުން އައްޔަންކޮށްގެން ނުވާނެއެވެ. ތިރީގައި ބަޔާންކުރެވިފައިވާ ހާލަތްތަކުގައި، ކުރިން ބުނެވިދިޔަ ކަންކަމަށް ރިޢާޔަތް ކުރުމަކީ ލާޒިމް ކަމެއް ނޫނެއެވެ.

ކޮންސަލްޓަންޓުން (ތަޖުރިބާކާރުންނާއި މުވައްޒަފުން، އަދި ސަބް-ކޮންސަލްޓަންޓުން ހިމެނޭގޮތަށް)، އެއީ އެހީ ލިބުނު ފަރާތުގެ މުވައްޒަފަކާއި، ނުވަތަ ޕްރޮޖެކްޓް ކުރިއަށްގެންދާ ފަރާތާއި (އިމްޕްލިމެންޓިންގް އޭޖެންސީ)، ނުވަތަ ބޭންކުގެ މާލީ އެހީ ލިބޭ ފަރާތަކާއި، ނުވަތަ އެހީ ލިބުނު ފަރާތް ތަމްސީލްކޮށްދޭ ފަރާތްތަކުގެ ތެރެއިން ތިރީގައި އެއްވެސް ކަމެއްގައި ޝާމިލްވެފައިވާ ފަރާތްތައް:

 i. މި މަސައްކަތާގުޅޭ ޓީ.އޯ.އާރު އެކުލަވާލުން؛

 ii. މި މަސައްކަތަށް މީހުން ހޮވުމުގެ މަސައްކަތް؛ އަދި

 iii. ބުނެވިދިޔަ ފަދަ ހާލަތެއް މެދުވެރިވެފައިވާނަމަ، އެކަމެއް ބޭންކަށް ޤަބޫލުކުރެވޭފަދަ ގޮތަކަށް މި މަސައްކަތަށް މީހުން ހޮވުމާއި އަދި މަސައްކަތްކުރިއަށް ގެންދިއުމުގައި ޙައްލު ކުރެވިގެންމެނުވީ މި ކޮންޓްރެކްޓްގެ ދަށުން ކުރާ މަސައްކަތް ބެލެހެއްޓުމުގެ މަސައްކަތް (ސުޕަވައިޒްކުރުމުގެ މަސައްކަތް) ޙަވާލުނުކުރުން

ނޯޓް: މި ކޮންސަލްޓަންސީ އަށް ފަރާތެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް، ކޮންސަލްޓަންޓުން ހޮވުމުގައި އަމަލު ކުރާ އުސޫލް ، އޮގަސްޓް 2018" ގައި ވާ ގޮތުގެ މަތިންނެވެ.

ކޮންސަލްޓަންސީއަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރމްތަކަށް މަޢުލޫމާތު ހޯދުމަށް ތިރީގައިވާ އީމެއިލްއަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ. މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ކޮންސަލްޓެންސީ ފަރމްތަކުން 10 ނޮވެމްބަރ2021 ގެ މެންދުރު 14:00ގެ ކުރިން މިމިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް، މަސައްކަތަށް ޝައުޤުވެރިވާކަމުގެ ލިޔުމާއެކު، ކޮންސަލްޓެންސީ ފަރމްއާއި ބެހޭ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށް:

ޕްރޮޖެކްޓް ކޯޑިނޭޓަރ،

މޯލްޑިވްސް ލަރނިންގ، އެޑްވާންސްމެންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓް

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 9 ވަނަ ފަންގިފިލާ، އަމީރު އަޙްމަދު މަގު،

މާލެ، ދިވެހިރާއްޖެ.

ފޯން: 3341160

އީ-މެއިލް: [email protected]

19 އޮކްޓޫބަރު 2021
ހޯދާ