ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލު 'މައިކްރޯސްފްޓް އޮފީސް 365 ބިޒްނަސް ޕެކޭޖް' ލައިސެންސް ހޯދުމާއިބެހޭ

ހުޅުމާލެ ހޮސްޕިޓަލު 'މައިކްރޯސްފްޓް އޮފީސް 365 ބިޒްނަސް ޕެކޭޖް' ލައިސެންސް ހޯދުމާއިބެހޭ

ނަމްބަރު:TENDER/HMH/2021/028

ހުޅުމާލެ ހޮސްޕިޓަލުގައި ބޭނުން ކުރަމުންދާ Microsoft Office 365 Business Package ގެ ލައިސެންސްގެ މުއްދަތު ހަމަވެފައިވާތީ ލައިސެންސް ރިނިއުކޮށް  ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ތިރީގައި މިވަނީ ބޭނުންވާ އައިޓަމްގެ ތަފްސީލެވެ.

1. ހޯދަން ބޭނުން ތަކެތީގެ ތަފްސީލް:

Quantity

Item

50 (users)

1 Year

Office 365 Apps for Business Subscription Renewal (Existing Users)

2. އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް

2.1 މަތީގައި ދީފައިވާ މަޢުލޫމާތާއި އެއްގޮތްވާގޮތުގެމަތީން އައިޓަމްތަކަށް އަގު ހުށަހެޅުން.

2.2 އަގު ހުށަހަޅުއްވާނީ 50 ޔޫސާރސް ގެ ލައިސެންސް އާކުރުމަށް (ރިނިއުވަލް) އަށެވެ.

2.3 ކޮންމެ ލައިސެންސްގެ މުއްދަތަކީ (ވެލިޑިޓީ) 1 (އެކެއް) އަހަރު ކަމުގައި ވާންވާނެއެވެ.

2.4 މަތީގައި ދެންނެވިފައިވާ ފަދައިން ޕްރޮޕޯސަލް ހުށަހަޅަންވާނީ ‘Microsoft Office 365 Business Package’ ލައިސެންސް ރިނިއުވަލް އަށެވެ.

2.5 ހޮސްޕިޓަލުން ބޭނުންވެއްޖެނަމަ، ލައިސެންސް އިންސްޓޮލޭޝަން ނުވަތަ ކޮންފިގަރޭޝަންގެ މަރުހަލާގައި ޓެކްނިކަލް ސަޕޯޓުދޭންވާނެއެވެ.

3. ހުށަހަޅަންޖެހޭ ތަކެތި

3.1 އަންދާސީ ހިސާބު

3.1.1 ސަޕްލައިކޮށްދެވޭނެ އަގު

3.1.2 ހުށަހަޅާފައިވާ އަންދާސީ ހިސާބު ބާތިލުވާ މުއްދަތު މަދުވެގެން 30 (ތިރީސް) ދުވަސް ވާންވާނެއެވެ.

3.2 ކުންފުނީގެ މައުލޫމާތު

3.2.1 ކުންފުނީގެ ނަމާއި ފުރިހަމަ އެޑްރެސް، ފޯނު ،ފެކްސް އަދި އީމެއިލް އެޑްރެސް ބަޔާންކުރުން

3.2.2 ކުންފުނީގެ މެނޭޖަރ އިން ފެށިގެން މަތީގެ ފަރާތްތަކުގެ ނަމާއި ކުންފުނީގެ މަގާމް އަދި ހިއްސާދާރުންގެ އައި.ޑީ ކާޑުގެ ކޮޕީ

3.2.3 ކުންފުނީގެ މައިގަނޑު މަސައްކަތްތައް

3.3 ހުށަހަޅަންޖެހޭ އެހެނިހެން ތަކެތި

3.3.1 ކުންފުނީގެ ރަޖިސްޓްރީ ކޮޕީ

3.3.2 މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ކުންފުނިތަކަށް ދީފައިވާ ކޮމްޕެނީ ' 'ކޮމްޕެނީ ޕްރޮފައިލް އިންފޮމޭޝަން ޝީޓް' ގެ ކޮޕީ

3.3.3 ޖީ.އެސް.ޓީ ރެޖިސްޓްސްރޭޝަން ކޮޕީ (ޖީއެސްޓީއަށް ރެޖިސްޓަވުމަށް ޤާނޫނުން ލާޒިމްކުރާ މިންގަޑާއިވިޔަފާރިތަކަށް)

3.3.4 ޓެކްސް ކްލިއަރަންސް ލިޔުން ނުވަތަ ވޭތުވެދިޔަ 3 މަސް ދުވަހުގެ ޓެކްސް ދައްކާފައިވާކަމުގެ ރިސިޕްޓްތައް.

3.4 މާލީގޮތުން މިމަސައްކަތް ކުރެވޭނެ ފެންވަރުގެ ފަރާތެއްކަން އަންގައިދޭ ލިޔުމެއް ހުށަހެޅުން

3.4.1 ވޭތުވެދިޔަ ތިން މަސްދުވަހުގެ (ޖުލައި، އޮގަސްޓް، ސެޕްޓެމްބަރ 2021) ބޭންކް ސްޓޭޓްމަން ( ބޭންކްގެ ތައްގަނޑު ޖަހާފައިވާ) ނުވަތަ  2021 ވަނަ އަހަރުގެ އޯޑިޓެޑް މެނޭޖްމެންޓް ރިޕޯރޓް (އިންޑިޕެންޑެންޓް އޮޑިޓަރެއްގެ) ހުށަހަޅަން ވާނެއެވެ. ބޭންކްތަކުން ދޫކުރާ ސްޓޭމްޕްޖެހި އޮންލައިން ބޭންކް ސްޓޭޓްމެންޓް ބަލައިގަނެވޭނެއެވެ.

3.5 މިބިޑަށް މާކްސް ދެވޭނީ މި މައުލޫމާތުކަރުދާހުގައި ހިމަނައިފައިވާ އިވެލުއޭޝަން ގައިޑްލައިނާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.

4. އަގުހުށަހެޅުން

4.1 ހުށަހަޅާ އަގުތަކާއި މުއްދަތަކީ މިފަދަ މަސައްކަތެއް ކުރުމަށް އެކަށީގެންނުވާ އަގުތަކާއި މުއްދަތެއްނަމަ އެފަދަ ޕްރޮޕޯސަލްތައް ގަބޫލުނުކުރެވޭނެއެވެ. އަދި އެކަން އެފަރާތައް ތަފްސީލާއި އެކު އެންގޭނެއެވެ.

5. އެވޯޑް ކުރުން

5.1 މިމަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމަށް ހަމަޖެހިފައިވަނީ ތިރީގައި މިވާ އުސޫލުން މުޅި ޕްރޮޕޯސަލް ދިރާސާކުރުމަށްފަހު އެންމެ އެކަށީގެންވާ ފަރާތެއްކަމަށް ނިންމޭ ފަރާތަކަށެވެ.

1

އަގު

80 ޕޮއިންޓް

2

މުއްދަތު

20 ޕޮއިންޓް

5.2 ބިޑް އެވޯޑްކުރަން ބިޑްއިވެލުއޭޝަން ކޮމެޓީން ނިންމައި އެކަން ކޮންޓްރެކްޓަރަށް އެންގުމުން އެކަން ކުރެވެން ނެތްކަމަށްބުނުން ނުވަތަ އެގްރީމެންޓްގައި ސޮއިކުރަން ނައުން ނުވަތަ މަސައްކަތުން ބައެއް ނިންމާފައި މަސައްކަތް ދޫކޮށްލުން ނުވަތަ މަސައްކަތް ނުނިމި ލަސްވާތީ އެގްރީމެންޓް ބާތިލްކުރަންޖެހުންފަދަ ކަމެއް ކުރިމަތިކުރުވާ ކޮންޓްރެކްޓަރުންނަށް، ހަމަހާއި އެއްއަހަރާއި ދެމެދު މުއްދަތަކަށް މަސައްކަތް ޙަވާލުނުކުރުމުގެ އިޚްތިޔާރު މިހޮސްޕިޓަލަށް ލިބިގެންވެއެވެ.

6. އަންދާސީ ހިސާބު ހުށަހަޅާނެގޮތް

ސީލް ކުރެވިފައިވާ ސިޓީ އުރައެއްގައި ތިރީގައި މި ދަންނަވާ ފޯމެޓްގައި.

BID REFERENCE: TENDER/HMH/2021/028
Hulhumalé’ Hospital
Huvandhumaa Hingun, Hulhumalé
+960 3350113

7. މައުލޫމާތު ސާފުކުރުން

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 25 އޮކްޓޯބަރ 2021 ގެ 12:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

8. ބީލަން ހުށަހެޅުން

8.1 ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 26 އޮކްޓޯބަރ 2021 ގެ ހެނދުނު 10:00 ގައި ހުޅުމާލެ ހޮސްޕިޓަލުގެ ވައްލަ މީޓިންގް ރޫމުގައެވެ. އަދި ބިޑުތައް ހުޅުވާނީ އެ ފަރާތްތަކުގެ ހާޒިރުގައެވެ.

9. ބީލަން ބާތިލް ކުރެވިދާނެ ގޮތްތައް

9.1 ހުށަހަޅާފައިވާ މައުލޫމާތުގައި ހަގީގަތާއި ހިލާފް މަޢުލޫމާތު ހިމަނައިފައިވުން.

9.2 މަޢުލޫމާތު ފުރިހަމަނުވުން (ރިކުއަޔަރމަންޓަށް ނުފެތޭ ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން).

9.3 ޚިދުމަތްދޭފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މައުލޫމާތު ހުށަހަޅައިފައިނުވުން.

9.4 މިމައުލޫމާތު ކަރުދާހާއިއެކު އެޓޭޗްކުރެވިފައިވާ 'ބިޑް ހުށަހަޅާ ފޯމް' ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ. ފޯމު ފުރިހަމަނުކޮށް ނުވަތަ ފޯމުހުށަނާޅާ އަންދާސީ ހިސާބްތަށް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

10. އިވެލުއެޝަން ގައިޑްލައިން

މިބިޑަށް މާކްސް ދެވޭނީ 5.1 ގައި ބަޔާންކުރެވިފައިވާ ބައިތަކަށް ޕްރޯރާޓާގެ އުސޫލުންނެއެވެ.

11.1 މަސައްކަތުގެ އަގު

އަގަށް މާކްސްދެވޭނީ އެންމެ ކުޑައަގެއް ހުށަހަޅާފަރާތްތަކަށް ގިނަމާކްސް ލިބޭގޮތަށެވެ. އަދި އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށް، އެންމެ  ކުޑަ އަގު ހުށަހެޅި ފަރާތުގެ އަގަށް ބަލައި ނިސްބަތުން މަދުން މާކްސް ދެވޭ، ޕްރޯރާޓާގެ އުސޫލުންނެވެ.

11.2 މަސައްކަތުގެ މުއްދަތު

11.2.1 މިބަޔަށް މާކްސް ދެވޭނީ މަސައްކަތުގެ މުއްދަތުގެ ގޮތުގައި އެންމެ ކުރު މުއްދަތެށް ހުށަހަޅާ ފަރާތްތަކަށް ގިނަ މާކްސް ލިބޭގޮތަށް ޕްރޯރާޓާގެ އުސޫލުންނެވެ.

 ނޯޓު:

މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3350113 /3350152  އަށް ނުވަތަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.

19 އޮކްޓޯބަރ 2021

19 އޮކްޓޫބަރު 2021
ހޯދާ