މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ޕްރިޒަން އޮފިސަރ

                          `

                                             

                                           

 މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް

      މާލެ، ދިވެހިރާއްޖެ

     

                         އިޢުލާން

މި ސަރވިސްއަށް ތިރީގައި މި ދަންނަވާ މަޤާމަށް މީހުން ބޭނުންވެއްޖެއެވެ.

 

މަޤާމް:

ޕްރިޒަން އޮފިސަރ (ފިރިހެން/އަންހެން)

ރޭންކް:

ޕްރިޒަން ޕްރައިވެޓް

ކްލެސިފިކޭޝަން:

ނޮން-ކޮމިޝަންޑް އޮފިސަރސް

އަސާސީ މުސާރަ:

މަހަކު -/6,050  ރުފިޔާ

އެލަވަންސްތައް:

ސަރވިސް އެލަވަންސް: -/3500 ރުފިޔާ (ހުވައި ކުރުމަށް ފަހު)

ލިވިންގ އެލަވަންސް: -/2500 ރުފިޔާ (ހުވައި ކުރުމަށް ފަހު)

ނޮން-ޕްރެކްޓިސް އެލަވަންސް: އަސާސީ މުސާރައިގެ %45 އިންސައްތަ (ހުވައި ކުރުމަށް ފަހު)

ޔުނީފޯމް އެލަވަންސް: -/300 ރުފިޔާ (ވަޒީފާ ދޭ ދުވަހުން ފެށިގެން)

މަސައްކަތް ކުރަންޖެހޭ ތަން:              

ހެޑް އޮފީހާއި ޖަލުތަކުގައި

ފެންވަރު ނުވަތަ ޝަރުތު:                           

 

 

 

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތު ކޮށްދިނުމާއެކު،

  • މަޤާމާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ؛
  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދު އޮނިގަނޑުގެ ލެވެލް 7ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު މަޤާމާ ގުޅޭ ދާއިރާއެއްގައި 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ؛
  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދު އޮނިގަނޑުގެ ލެވެލް 7ގެ ސަނަދެއް ހާސިލްކޮށްފައިވުން  ނުވަތަ؛
  • ސާނަވީ އިމްތިޙާނަކުން މަދުވެގެން 2 މާއްދާއިން ދަށްވެގެން 'ޑީ' ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި އަދި 'އިސްލާމް' 2 މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން؛ ނުވަތަ،
  • ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ބޭނުންވާ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު އޮނިގަނޑުގެ ލެވަލް 3 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލްކޮށްފައިވުން.
  • މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 30(ތިރީސް) އަހަރު ނުފުރޭ މީހަކު ކަމުގައިވުން (2022 ޖޫން 30ގެ ނިޔަލަށް 30 އަހަރުނުފުރޭ) އަދި ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވާ މީހެއްނަމަ، 2022 ޖޫން 30ގެ ނިޔަލަށް މީލާދީ ގޮތުން 35 (ތިރީސް ފަސް) އަހަރު ނުފުރޭ މީހަކު ކަމުގައިވުން.
  • ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.

 

މަޤާމުގެ މަސްޢޫލިއްޔަތު:

 

  • ޤާނޫނު ނަންބަރު :2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގައިވާ ގޮތަށް ޖަލުތަކުގައި މަސައްކަތްކުރުން.

މީހުން ހޮވުމުގައި އިސްކަން ދެވޭ ކަންތައްތައް:

  • ފިޒިކަލް ފިޓްނަސް ހުރި މިންވަރު.
  • ތަޢުލީމީ ފެންވަރު.
  • އިންޓަވިއު މާކްސް.
  • ހަވާލުކުރެވޭ ޓެސްޓުތައް.

ފުރަތަމަ ޕްރޮމޯޝަނާ ހަމައަށް

މަސައްކަތް ކުރަންޖެހޭ ގޮތް

ދިވެހިރާއްޖޭގެ ޤައުމީ ސަނަދު އޮނިގަނޑުގެ ލެވެލް 7ގެ ސަނަދެއް ހާސިލްކޮށްފައި ވާނަމަ؛

  • އަސާސީ ތަމްރީން ނިންމައި ޕްރޮބޭޝަން މުއްދަތު ނިމުމަށްފަހު، މި ސަރވިސްއިން ކަނޑައަޅާ ހާއްސަ މަސައްކަތްތަކެއް ކުރުމަށްޓަކައި ކަނޑައެޅޭ ތަނެއްގައި 2 (ދޭއް) އަހަރުގެ މުއްދަތެއްގައި މަސައްކަތް ކުރުން.
  • އިސްވެ ދެންނެވުނު ޕޮއިންޓުގައި ބަޔާންކޮށްފައި ވާ މުއްދަތު ނިމުމަށްފަހު، މަޤާމުގެ ކުރިއެރުން ދޭ ގަވާއިދާ އެއްގޮތަށް މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ޝަރުޠު ފުރިހަމަ ވާ އެންމެ މަތީ މަޤާމަކަށް މަޤާމުގެ ކުރިއެރުން ދެވޭނެއެވެ.

ޝޯޓް ލިސްޓް ކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ގުޅާނީ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ޝަރުތު ހަމަނުވާ ފަރާތްތަކުގެ ފޯމްތައް ބާތިލް ވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

-  ވަޒީފާއަށް އެދޭ ފޯމް.

-  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަންއޮތް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

-  ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލާއެއްގޮތްކަމުގެ ތައްގަޑު ޖަހާފައިވާ ނަކަލު.

-  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ). 

-  ދިވެހި ސިވިލް ސަރވިސްއަށް / ދައުލަތަށް  ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުން.

-  ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުންތަކުގެ ނަކަލު.

- ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް.

- އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ނަކަލު.

- ޕޮލިސް ރިޕޯޓް.

ސުންގަޑި:

 

  • މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށައަޅަންޖެހޭ ލިޔެކިއުންތަކާއި އެކު 2021 ނޮވެންބަރު 14 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް [email protected] އަށް އީމެޢިލް ކޮށްދެއްވުން އެދެމެވެ.
  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.

 

އިތުރު ތަފްސީލް:

 

  • ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ނެގުމުގައި ޢަމަލުކުރާނެ ގޮތް މި ސަރވިސްގެ އުސޫލު ނަންބަރު :MCS-01/2017 "ޕްރިޒަން އޮފިސަރުން ރެކްރޫޓް ކުރުމުގެ އުސޫލު" އަދި އަލަށް ނަގާ އޮފިސަރުންގެ ފިޒިކަލް ފިޓްނަސް މިންގަނޑު މި ސަރވިސްގެ www.corrections.gov.mvވެބްސައިޓުން ލިބެން ހުންނާނެއެވެ.
    • ވަޒީފާއަށް އެދޭ ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުން ވެސް ލިބެން ހުންނާނެއެވެ.
    • މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށާއި އީމެއިލް ލިބުނުކަން ކަށަވަރު ކުރުމަށް ގުޅާނީ، 3026115 ނަންބަރު ފޯނަށް، ނުވަތަ 3026114 ނަންބަރު ފޯނަށެވެ.

 

 

 

19 އޮކްޓޫބަރު 2021
ހޯދާ