އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އީ.އެން.ޓީ ޑިޕަރޓްމަންޓަށް ބޭނުންވާ ބައެއް އިކުއިޕްމަންޓް ސަޕްލައިކުރުން

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އީ.އެން.ޓީ ޑިޕަރޓްމަންޓަށް ބޭނުންވާ ބައެއް އިކުއިޕްމަންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)AEH/AEH/2021/51 އިޢުލާނަށް އެކަށީގެންވާ ބީލަމެއް ހުށަހެޅިފައިނުވާތީ މިދެންނެވުނު އިޢުލާން ބާޠިލުކޮށް މިފުރުސަތު އަލުން ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 އޮކްޓޯބަރު 2021 އިން ފެށިގެން 21 އޮކްޓޯބަރު 2021 ވާ ދުވަހުގެ 13:00އަށް [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މެއިލް ކުރުމުގައި ސަބްޖެކްޓްއަކަށް މަސައްކަތުގެ ނަން ޖެއްސުވަމަށް ސަމާލުވުން އެދެމެވެ.

މި ޢިއުލާނާއި އެކު ރެޖިސްޓްރޭޝަން ފޯމް ގެޒެޓް ކުރެވިފައިވާނެއެވެ. މަސައްކަތުގެ މަޢުލޫމާތު ޝީޓް އަދި ތަކެތީގެ އިތުރު ތަފްސީލް ހިމެނޭ އެނެކްސް 1 ރެޖިސްޓްރީ ކުރައްވާ ފަރާތްތަކަށް މެއިލް ކުރެވޭނެއެވެ.

މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން 21 އޮކްޓޯބަރު 2021 ވާ ދުވަހުގެ 14:30ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރެއްވުމަށް ފަހު 27 އޮކްޓޯބަރު 2021 ވަނަ ދުވަހުގެ 13:30 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންސްފަރެންސް ރޫމަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ.

17 އޮކްޓޫބަރު 2021
ހޯދާ