ދިވެހިރާއްޖެ
މިރަށު އިރު އުތުރު ފަރާތާއި، އުތުރު ފަރާތުގެ އެކި ސަރަޙައްދުތަކުގައި، މިކައުންސިލްގެ ހުއްދަ، ނެގުމަކާއި ނުލައި އެކިފަރާތްތަކުން ޖަހާފައިވާ ހަޓުތައް، ނެގުމަށް ކުރެވުނު ނަންބަރު:(IUL)333/333/2019/21 އަދި (IUL)333/333/2021/5ޢިއުލާން އާއި ހަވާލާދީ ދަންނަވަމެވެ.
ހަވާލާދެވިފައިވާ ދެޢިއުލާންގައި ދެންނެވިފައިވާ ހަޓްތައް މިއަދާހަމައަށްވެސް ނަގާފައިނުވާތީ ދަންނަވަމެވެ. 2021 އޮކްޓޯބަރ 26 ވަނަ ދުވަހުގެ ކުރިން ގެސްޓުން މޫދަށް އެރުމަށް ޙާއްސަކުރެވިފައިވާ ސަރަޙައްދުގައި ޖަހާފައިވާ ހަޓްތައް ނެގުމަށް ދަންނަވަމެވެ.
މިދެންނެވި މުއްދަތުހަމަވާއިރު ނުނަގައި ހުންނަ ހަޓުތައް މިކައުންސިލާއި ތުލުސްދޫ ޕޮލިސް ގުޅިގެން ނަގާނެކަމުގައިވެސް ދަންނަވަމެވެ. އަދި މިހަޓުތައް ކައުންސިލުން ނެގުމުގެތެރޭގައި ތަކެއްޗަށްލިބޭގެއްލުމުގެ ޒިންމާއެއް މިކައުންސިލުން ނުއުފުލާނެ ވާހަކަވެސް ދަންނަވަމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.