ދިވެހިރާއްޖެ
ނަންބަރު: (IUL)300-EC/300/2021/20
އިޢުލާން |
މަސްޖިދުލްތަހާލިފްގެ ކުޑަދޮރުތައް ބަދަލުކޮށް އެލްމެނިއަމް ދޮރުހަރުކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ
މަސްޖިދުލް ތަހާލިފުގައި ހުރި ލޫވަރކުޑަދޮރުތައް ނަގައި އެލްމެނިއަމް ކުޑަދޮރަށް ބަދަލުކޮށް މިސްކިތް މަރާމާތުކުރުމަށް ބޭނުންވެއެވެ.
ވީމާ، މި މަސައްކަތްތައްކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 25 އޮކްޓޯބަރ 2021 ވާ ހޯމަ ދުވަހުގެ 13:00 ށް ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 އޮކްޓޯބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ 18/2014 ( ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ އެއްވެސް ފަރާތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލާގަނެވެންނެތް ވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
11 ރަބީއުލްއައްވަލް 1443
17 އޮކްޓޯބަރ 2021