ދިވެހިރާއްޖެ
މަގުބައްތިތައް މަރާމާތު ކުރުމަށްޓަކައި ބޭނުންވާ ކޭބަލް ވަޅުލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަންބަރ (IUL)296-A/296/2021/48 އެއްވެސް ފަރާތަކަށް އަގު ހުށައަޅުއްވާފައި ނުވާތީ އެއިއުލާން ބާތިލް ކޮށްފީމެވެ،
މަސައްކަތް ކޮށްދިނުމަށް ރަޖިސްޓްރީ ކުރުން |
2021 އޮކްޓޯބަރ 21ވާ ބުރާސްފަތި ދުވަހުގެ 13.00ގެ ކުރީން ފޮއްދޫ ކައުންސިލް އިދާރާއަށް ދުރުވެ. |
އަންދާސީ ހިސާބު ހުށައަޅުއްވާނީ |
2021 ނޮވެމްބަރ 02ވާ އަންގާރަ ދުވަހުގެ 12.00ގެ ކުރިން ފޮއްދޫ ކައުންސިލް އިދާރާއަށް. |
ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް 2021 އޮކްޓޯބަރ 25ވާ ހޯމަ ދުވަހުގެ 12.00ގައި ކައުންސިލް އިދާރާގައި އޮންނާނެއެވެ.
އަންދާސީ ހިސާބު ކެނޑުން އޮންނާނީ 2021 ނޮވެމްބަރ 02ވާ އަންގާރަ ދުވަހުގެ 12.00ގައި މިއިދާރާގައެވެ. މިމަސައްކަތް ކޮށްދިނުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަ ޖެހިފައި ނުވާ ވާހަކަ ދަންނަވަމެވެ. އިތުރު މައުލޫމާތު ސާފު ކުރެއްވުމަށް 6563785ފޯނާއި ގުޅުއްވުމުން މައުލޫމާތު ސާފުކޮށް ދެވޭނެއެވެ.
މިމަސައްކަތައް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ( ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.