މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތު ރޯޝަނީ ބިލްޑިންގ 6 ވަނަ ފަންގިފިލާގެ އިންޓީރިއަރ ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ މަރާމާތު މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު (IUL)23-AP/23/2021/212 (12 ސެޕްޓެމްބަރ 2021) އިއުލާނަށް އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ އަގުތަކަކަކީ މި ޕްރޮޖެކްޓަށް އަންދާޒާ ކޮށްފައިވާ އަގަށްވުރެ ބޮޑު އަގު ތަކެއް ކަމަށްވާތީ، މިއިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ.

                      އިޢުލާން

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 17 އޮކްޓޯބަރ 2021 ވާ އާދިއްތަ ދުވަހުން ފެށިގެން 26 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް މި އިއުލާންގެ އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 01 ނޮވެމްބަރ 2021 ވާ  ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 26 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހު ހެނދުނު 14:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

                  10 ރަބީޢުލްއައްވަލް 1443 

17 އޮކްޓޫބަރު 2021
ހޯދާ