ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ: މިއިދާރާގައި ބޭނުންކުރާ އޭސީތައް ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

       މިއިދާރާގައި ބޭނުންކުރާ އޭސީތައް ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި  30 / 2021 / އައި.ޔޫ / ޓީ - 57 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ދީފައިވާ މައުލޫމާތާ އެއްގޮތަށް އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި  އިޢުލާން ކުރަމެވެ.

       ތިރީގައިވާ ތާވަލުގައިވާ ގޮތުގެ މަތިން އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށްފަހު، ޕްރީބިޑް މީޓިންގ އަށް ޙާޟިރުވެ ދެންނެވިފައިވާ ގަޑިއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން 21 އޮކްޓޯބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް، މި އިދާރާގެ އީމެއިލް، [email protected] އަށް ތިރީގައިވާ މަޢުލޫމާތު ހިމެނޭގޮތަށް ފޮނުއްވުން.

ކޮޕީ: [email protected]

ޝައުޤްވެރިކަން ފާޅުކުރާ މަސައްކަތުގެ އިޢުލާން ނަންބަރު: 37 / 2021 / އައި. ޔޫ / ޓީ - 57

ކުންފުނި/ ވިޔަފާރީގެ ނަން:

ގުޅޭނެ ފަރާތެއްގެ ނަމާއި ފޯނު ނަންބަރު:

އީމެއިލް އެޑްރެސް:

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް މަޢުލޫމާތު ކަރުދާސް 21 އޮކްޓޯބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ކުރިން މި އިދާރާގެ އީމެއިލް، [email protected]، މެދުވެރިކޮށް ފޮނުވޭނެއެވެ.

ބިޑު ހުށަހެޅުމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް މަޢުލޫމާތު ކަރުދާސް ފޮނުވުން

ތަން: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ތާރީޚާއި ގަޑި: 24 އޮކްޓޫބަރު 2021 ވާ އާދީއްތަ ދުވަހުގެ 11:00 ގައި

ނޯޓް: މި އިޢުލާނާ ގުޅިގެން ބިޑު ހުށަހެޅުމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން، މި އިދާރާގެ ނަންބަރު 57-T/IU/2021/30 (28 ސެޕްޓެންބަރު 2021) އިޢުލާނާ ގުޅިގެން ކުރިން ޕްރީމިޑް މީޓިންގ އަށް ހާޒިރު ވެފައިވާނަމަ، 24 އޮކްޓޫބަރު 2021 ވާ އާދީއްތަ ދުވަހުގެ 11:00 ގައި އޮންނަ ޕްރީބިޑު މީޓިންއަށް ހާޒިރު ނުވިކަމުގައި ވީނަމަވެސް ބިޑު ހުށަހެޅުމަށް ފުރުޞަތު ދެވޭނެއެވެ.

ޕްރީބިޑް މީޓިންގ

ތަން: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ތާރީޚާއި ގަޑި: 31 އޮކްޓޫބަރު 2021 ވާ އާދީއްތަ ދުވަހުގެ 11:00 ގައި.

ނޯޓް: ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ އީމެއިލް މެދުވެރިކޮށް ބިޑު ހުށަހެޅުމަށް ރަޖިސްޓްރީކޮށް އަދި  24 އޮކްޓޫބަރު 2021 ދުވަހު ގައި ބޭއްވުނު ޕްރީބިޑް މީޓިންގ އަށް ޙާޟިރުވެފައިވާ/ކުރީގެ އިޢުލާނާ ގުޅިގެން ޕްރީބިޑު މީޓީންގ އަށް ހާޒިރުވެފައިވާ ފަރާތްތަކަށް  އެކަންޏެވެ. ބީލަން ހުޅުވުމަށް ހަމަޖައްސާފައިވާ ތާރީޚަކީ އެއްވެސް ސަބަބަކާ ހުރެ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ މަތީގައި ބަޔާންކޮށްފައިވާ ގަޑީގައެވެ.

ބީލަން ހުށަހެޅުމާއި ހުޅުވަންވީ ތަނާއި ސުންގަޑި

 

17 އޮކްޓޫބަރު 2021
ހޯދާ