ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ގއ.ކޮލަމާފުށި މެޖިސްޓްރޭޓް ކޯޓުގެ ޢިމާރާތާއި ވަށާފާރުތަކުގައި ކުލަލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

 

        

 

            ގއ.ކޮލަމާފުށި މެޖިސްޓްރޭޓް ކޯޓުގެ ޢިމާރާތާއި ވަށާފާރުތަކުގައި ކުލަލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް 25 އޯގަސްޓް 2021 ވަނަ ދުވަހު ކުރެވުނު މި ކޯޓުގެ ނަންބަރު 04/2021/(IUL)P1C އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

            ވީމާ އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 20 އޮކްޓޯބަރ 2021 ވާ ބުދަ ދުވަހު 13:30 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 27 އޮކްޓޯބަރ 2021 ވާ ބުދަ ދުވަހު 13:30 އަށް މި ކޯޓަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

                މަޢުލޫމާތު ސާފްކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

16 އޮކްޓޫބަރު 2021
ހޯދާ