މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އައްޑޫސިޓީގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓް އިމްޕްލެމެންޓޭޝަން ޔުނިޓްގެ އޮފީސް ހިންގުމަށް 1 (އެކެއް) އަހަރު ދުވަހަށް 1500 އަކަ ފޫޓަށް ވުރެން ކުޑަ ނުވާ އިމާރާތެއް ސ.ހިތަދޫ އިން ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމަށް

މިނިސްޓްރީ   އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އައްޑޫސިޓީގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓް އިމްޕްލެމެންޓޭޝަން ޔުނިޓްގެ އޮފީސް ހިންގުމަށް 1 (އެކެއް) އަހަރު ދުވަހަށް 1500 އަކަ ފޫޓަށް ވުރެން ކުޑަ ނުވާ އިމާރާތެއް ސ.ހިތަދޫ އިން ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

ބީލަމާއި ގުޅޭ މަޢުލޫމާތު ސެޝަން 21 އޮކްޓޯބަރ 2021 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00ގައި އޮންލައިންކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން މަޢުލޫމާތު ސެޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 20 އޮކްޓޯބަރ 2021 ވާ ބުދަ ދުވަހުގެ ހެނދުނު 14:00 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް އަންގަވައިދެއްވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ  25 އޮކްޓޯބަރ 2021 ވާ ހޯމަދުވަހުގެ މެންދުރު 12:00ގެ ކުރިން [email protected] އަށް  އީމެއިލް ކޮށްދެއްވުން އެދެމެވެ.

 

ބިޑްހުޅުވުމަށްހަމަޖެހިފައިވަނީ26 އޮކްޓޯބަރ 2021 އަންގާރަ ދުވަހުގެހެނދުނު 11:00ގައި ސ.ހިތަދޫ ޕަބްލިކް ވާރކްސް ސާރވިސް ސައިޓް އޮފީހުގައެވެ.

 

މި ދުވަސްވަރަކީ ކޮވިޑް-19  ގެ ބަލިމަޑުކަން ބާރުމިނުގައި ފެތުރެމުންދާ ދުވަސްވަރެއްކަމުން ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާއި އެއްގޮތްވާ ގޮތަށް ޢަމަލު ކުރުމަށް ދަންނަވަމެވެ.

 

                          08 ރަބީޢޫލްއައްވަލް 1443 ހ.

                           14 އޮކްޓޯބަރ    2021 މ.

 

14 އޮކްޓޫބަރު 2021
ހޯދާ