މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮމްޕިޔުޓަރ ސިސްޓަމް ހޯދުމާގުޅޭ

އިޢުލާން

 

 

ނަމްބަރ: (IUL)304-MS/304/2021/113

ތާރީޚް: 14 އޮކްޓޫބަރ 2021

ކޮމްޕިޔުޓަރ ސިސްޓަމް ހޯދުމާގުޅޭ

 

                

 މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް 06 (ހައެއް) ކޮމްޕިޔުޓަރ ސިސްޓަމް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 

 

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

19 އޮކްޓޫބަރ 2021

އަންގާރަ

މެންދުރު 13:30

ބިޑް ހުށައެޅުން

24 އޮކްޓޫބަރ 2021

އާދިއްތަ

މެންދުރު 13:30

 

                ޕްރޮޕޯސަލް ހުށަހެޅުމާއި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނުނު ނަންބަރު 18/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރެވިފައިވާ (ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ) ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (ޤާނޫނު ނަންބަރު 19/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަނޭޅޭނެއެވެ. ގަޑިޖެހުމަށްފަހު ހުށައަޅުއްވާ ޕްރޮޕޯސަލް ބަލައިނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

  • އަގު : %85
  • މުއްދަތު :

މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބިޑް ހުށައެޅުމަށް ހަމަޖެހިފައިވާ ދުވަހުގެ އެގަޑީގައި ބިޑް ހުށައެޅުމުގެ ފުރުސަތު ހުޅުވާލީމެވެ. މަތީގައި ދެންނެވިފައިވާ ތާރީޚްތަކަށާއި ގަޑިތަކަށް ބަދަލެއް އަންނަނަމަ މި އިދާރާއިން އެކަން އާންމުކޮށް އަންގާ އިޢުލާންކުރަމުން ގެންދާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. ތަޖުރިބާކަމަށް ބެލެވޭނީ މަސައްކަތްކޮށްފައިވާ ތަނަކުން އެތަނެއްގެ ލެޓަރހެޑުގައި ލިޔެ އެތަނެއްގެ ތައްގަނޑު ޖަހާ ވެރިއެއްގެ ސޮއިކޮށްފައިވާ ލިޔުން ހުށަހެޅުމުންނެވެ.

                ވީމާ، މިކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރަމެވެ.

 

                        08 ރަބީޢުލްއައްވަލް 1442

                        14 އޮކްޓޫބަރ 2021

14 އޮކްޓޫބަރު 2021
ހޯދާ