މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫ ކައުންސިލުން ބޭނުންވާ ބައެއްތަކެތި ފޯރުކޮށްދޭނޭ ފަރާތެއް ހޯދުން

އަންދާސީ ހިސާބު ހުށަހެޅުން

މިކައުންސިލުން މިވަގުތު ހިންގަމުންދާ ޕުރޮޖެކްޓްސް ތަކަށް ބޭނުންވާ ބައެއް ތަކެތި އަމިއްލަ ޚަރަދުގައި ގަނެ، މިކައުންސިލުން ދައްކާތާކަށް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ތަފްސީލް

އަދަދު

 

ސިމެންތި ބަސްދާ (50 ކިލޯ)

1000

 

ހިލަވެލި ބަސްދާ (50 ކިލޯ)

2000

 

ހިލަ ބަސްދާ  (50 ކިލޯ)

3000

 

ރޯލް ނަރުދާ ("2 އިންޗި ގަލްވަނައިޒު)

15

 

 

 

 

 

ވީމާ، މިތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިކައުންސިލްގެ އިދާރާއަށް ދުރުވެ، މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިވެ ވަޑައިގަތުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ. 

މަޢުލޫމާތު ދިނުން

ބިޑް ހުށަހެޅުން

21 އޮކްޓޯބަރ 2021، 13:00

26 އޮކްޓޯބަރ 2021، 13:00

ތަން: ކެނދިކުޅުދޫ ކައުންސިލު މީޓިންގް ރޫމް

ތަން: ކެނދިކުޅުދޫ ކައުންސިލު މީޓިންގް ރޫމް

­      މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހިމެނޭ މަޢުލޫމާތު ޝީޓް، މަޢުލޫމާތު ސެޝަނަށް ވަޑައިގަންނަވާ ފަރާތްތަކަށް ފޯރުކޮށްދެވޭނެއެވެ.

މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.  ކުންފުނި، އިންވެސްޓްމަންޓް އަދި ވިޔަފާރި ފަދަ ތަނަކުން މަޢޫލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން އެ ބޭފުޅަކު ތަމްސީލުކުރައްވަނީ ކޮން ކުންފުންޏެއް، އިންވެސްޓްމެންޓެއް އަދި ވިޔަފާރިއެއްކަން އެނގޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވެލައްވާއިރު އެފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަން ވާނެއެވެ. އަމިއްލަ ފަރާތަކުން އެ ބޭފުޅެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް، އެހެން ބޭފުޅަކު ޙާޟިރުވެލައްވާނަމަ، ޙާޟިރުވާ ފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ. އަދި އެބޭފުޅަކު ތަމްސީލުކުރައްވާ ފަރާތުން އެފަރާތުގެ ބަދަލުގައި ތަމްސީލުކުރައްވަނީ ކޮން ބޭފުޅެއްކަން އަންގައިދޭ ސިޓީއާއެކު، އެފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ނުދުރުވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ ބީލަން، ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިކަމާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ ރަސްމީ ގަޑީގައި މިކައުންސިލްގެ ނަމްބަރ: 6560013 ފޯނަށް ގުޅުއްވައިގެން ނުވަތަ މިކައުންސިލުގެ އީމެއިލް [email protected]  އީމެއިލް ފޮނުންވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަތީގައި ބަޔާންކުރެވިފައިވާ މަސައްކަތް ކުރެއްވުމަށް ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން މަސައްކަތް ޙަވާލުކުރެވޭނީ ތިރީގައި މި ބަޔާންކުރާ ނުކުތާތަކަށް ކަނޑައެޅިފައިވާ އިންސައްތައިން މާކްސް ދީގެން، އެންމެ މަތީ މާކްސް ލިބިލައްވާ ފަރާތަކަށެވެ.

1-   އަގު (75 އިންސައްތަ)

2-   ތަކެތި ފޯރުކޮށްދޭ މުއްދަތު (15 އިންސައްތަ)

3-   މިފަދަ މަސައްކަތެއް ކުރެވިދާނެކަމުގެ މާލީ ޤާބިލުކަމަށް (10 އިންސައްތަ)

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

08  ރަބީޢުލްއައްވަލް 1443

14  އޮކްޓޫބަރު    2021

 

14 އޮކްޓޫބަރު 2021
ހޯދާ