މަޤާމް:
|
އެގްޒެކެޓިވް ސިވިލް އޮފިސަރ
|
ރޭންކް:
|
އެސް.ސީ 3
|
ކްލެސިފިކޭޝަން:
|
އެގްޒެކެޓިވް އޮފިސަރސް
|
އަސާސީ މުސާރަ:
|
މަހަކު13,120.00 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 3,500.00 ރުފިޔާ
|
ނޮން ޕްރެކްޓިސް އެލަވަންސް:
|
މަހަކު 5,904.00 ރުފިޔާ
|
ބޭނުންވާ އަދަދު:
|
01
|
މަސައްކަތް ކުރަންޖެހޭ ތަން:
|
ހެޑްއޮފީސް
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
ފެންވަރު ނުވަތަ ޝަރުތު:
|
މަ މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 09 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސްޢޫލިއްޔަތާ ގުޅުން ހުރި ދާއިރާއެއްގައި މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 08 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސްޢޫލިއްޔަތާ ގުޅުން ހުރި ދާއިރާއެއްގައި މަދުވެގެން 04 އަހަރުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 07 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސްޢޫލިއްޔަތާ ގުޅުން ހުރި ދާއިރާއެއްގައި މަދުވެގެން 05 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
- ހިންގުމުގެ ދާއިރާގައި މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 45 (ސާޅީސް) އަހަރު ނުފުރޭ މީހަކު ކަމުގައިވުން.
- ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- މި ސަރވިސްގެ ޖަލުތަކުގައި ބަލަހައްޓާ ޤައިދީން މުޖުތަމަޢަށް އަހުލިވެރި ކުރުމަށްޓަކައި ހިންގަންޖެހޭ އެންމެހައި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ފަރުމާކޮށް އެ ޕްރޮގްރާމްތައް ޤައިދީންނަށް ހިންގުން.
- ރިހެބިލިޓޭޝަން ކޮމާންޑުގެ ދަށުން އެކުލެވިގެންވާ ޕްރޮގްރާމްސް ޑިވިޜަނާއި، ކޭސް މެނޭޖްމަންޓް އެންޑް ކައުންސެލިންގ ޑިވިޜަނާއި، ޖުވެނައިލް އޮފެންޑަރ މެނޭޖްމަންޓް ޑިވިޜަނުގެ މަސައްކަތްތައް ދުވަހުން ދުވަހަށް ބަލައި މޮނީޓަރ ކުރުމާއި، ދިމާވާ މައްސަލަތައް ހައްލު ކުރުމުގައި ބޭނުންވާ ލަފަޔާއި މަޝްވަރާ ދިނުން.
- ރިހެބިލިޓޭޝަން ޕްރޮގްރާމްތަކަށް މުއައްސަސާއިންނާއި މުއައްސަސާއިން ބޭރުން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ފަރާތްތައް ދެނެގަނެ އެފަދަ ފަރާތްތަކާ ގުޅިގެން ޕްރޮގްރާމް ހިންގުމުގެ ކަންކަން ހަމަޖެއްސުން.
- އަހަރުން އަހަރަށް ހިންގަންޖެހޭ ޕްރޮގުރާމްތަކާއި ޕްރޮގުރާމްތަކަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ ޕްރޮގްރާމް ޕްލޭން ތައްޔާރު ކުރުން.
- ޕްރޮގްރާމްތައް ކުރިއެރުވުމަށްޓަކައި ބޭނުންވާ ދިރާސާތައް ކުރުމާއި، ގެނެވޭ ބަދަލުތައް މޮނީޓަރކޮށް ބެލެހެއްޓުން.
- ޤައިދީން މުޖުތަމަޢަށް އަހުލުވެރިކޮށް ރަނގަޅު ބައެއްގެ ގޮތުގައި މުޖުތަމަޢަށް ނެރުމަށްޓަކައި ތައްޔާރުކޮށްދިނުން..
- ޖަލަށް ގެންނަ ޤައިދީން ޖަލަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، ޖަލުން ދޫކޮށްލާ ޤައިދީންނަށް ހިންގަންޖެހޭ ރީއިންޓަގްރޭޝަން ޕްރޮގްރާމްތައް ފަރުމާކޮށް ހިންގުން.
|
މީހުން ހޮވުމުގައި އިސްކަން ދެވޭ ކަންތައްތައް:
|
- ތަޢުލީމީ ފެންވަރު.
- ދާއިރާއިން ލިބިފައިވާ ތަޖުރިބާ.
- އިންޓަވިއު މާކުސް
- ޕްރެޒެންޓޭޝަން މާކްސް
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ ސާފު ނަކަލެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ސާފު ނަކަލު.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
- ދިވެހި ސިވިލް ސަރވިސްއަށް / ދައުލަތަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.
- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކު ނަމަ، ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ނުވަތަ ލިޔުންތަކުގެ ސާފު ނަކަލު.
- ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް.
- އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ސާފު ނަކަލު.
- ޕޮލިސް ރިޕޯޓް
|
ސުންގަޑި:
|
- މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި އެހެނިހެން ލިޔެކިޔުންތަކާއެކު 2021 އޮކްޓޫބަރު 28 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (ޣާޒީ ބިލްޑިންގ/ ގްރައުންޑް ފްލޯރ) ގެ ރިސެޕްޝަނަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.
- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ފުރިހަމަނުވާ ފަރާތްތަކުން ހުށަހަޅާ ފޯމުތަކާއި ފޯމާއެކު ހުށަހަޅާ ލިޔުންތައް ޞައްޙަ ނޫންކަމަށް ސާބިތުވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
- ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
|
- މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.
|
ޝޯޓް ލިސްޓްކުރުން:
|
- މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:
|
50% ( ފަންސާސް އިންސައްތަ)
|
އިތުރު މަޢުލޫމާތު ސާފުކުރުމަށް:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށާއި ފޮނުވާ އީމެއިލް ލިބުނުކަން ކަށަވަރު ކުރުމަށް ގުޅާނީ، 3026115 ނަންބަރު ފޯނަށް، ނުވަތަ 3026114 ނަންބަރު ފޯނަށެވެ.
|
(ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހައި ސަފުހާ ނަންބަރު ޖަހާފައެވެ.)
|
|
|
|