މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް ޕޯސްމަން

 ވަޒީފާގެ ފުރުޞަތު

މަޤާމް :

އެސިސްޓެންޓް ޕޯސްމަން

ބޭނުންވާ އަދަދު:

1 ( އެކެއް )

މުސާރައާއި އެލަވަންސް:

 1. މުސާރަ: މަހަކު -/4221 ރުފިޔާ ( ހަތަރު ހާސް ދުއިސައްތަ އެކާވީސް ރުފިޔާ)
 2. ސަރވިސް އެލަވަންސް: މަހަކު -/1890 ރުފިޔާ ( އެއް ހާސް އަށްސަތޭކަ ނުވަދިހަ ރުފިޔާ)
 3. ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/60 ރުފިޔާ ( ފަސްދޮޅަސް ރުފިޔާ )
 4. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޔުނިޓް :

ސ. ހިތަދޫ ޕޯސްޓް އޮފީސް

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

 • އަސާސީ ތަޢުލީމު ފެންވަރަށް ތަކެތި ދަތުން
 • ދިވެހިބަހާއި އިނގިރޭސި ބަހުން ލިޔެފައި ހުންނަ އެއްޗެހި ކިޔަން އެނގުން

މަޤާމުގެ މަސްޢޫލިއްޔަތު

 • އައްޑޫ ސިޓީގެ ސަރަހައްދަށް ހުންނަ ސިޓީ، ޕާރސަލް ފަދަ ތަކެތި ބެހުން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 • ކުރެވޭ އިންޓަރވިއު އިން ފާސްވުން
 • އައްޑޫ ސިޓީ ގެ ހިތަދޫގެ ގެތަކާއި/އެޑްރެސް އަދި މަގުތަކަށް ފަރިތަވުން
 • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭފަދަ ޞިއްހަތެއް ހުރި މީހަކަށްވުން
 • އަމިއްލަ ދުއްވާ އެއްޗެއްގައި މެއިލްބެހޭފަދަ މީހެއްކަމުގައިވުން
 • ބަރު ތަކެތި އެއްތަނުން އަނެއްތަނަށް އުފުލޭ މީހެއްކަމުގައިވުން
 • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.
 • ވޭތުވެދިޔަ 5 ( ފަހެއް ) އަހަރުދުވަހު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބެލެމުންދާ މީހަކުކަމުގައި ނުވުން. 

ރަސްމީ މަސައްކަތު ގަޑި:

 • ހެނދުނު 08:00 އިން 15:00 އަށް  

ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް

 • ވަޒީފާއަށްއެދޭ ފޯމް
 • ވަނަވަރު (ސީވީ)   
 • އައިޑީ ކާޑުގެ ކޮޕީ
 • ތަޢުލީމީ ސެޓުފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓުފިކެޓުތައް)  
 • ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)  

** އީމޭލްއިން ފޮނުވާނަމަ ފޮނުވަންވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ.

 • ** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 20 އޮކްޓޯބަރ 2021 ވާ ބުދަ ދުވަހުގެ  16:00 ގެ ކުރިން، [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

 

ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 20 އޮކްޓޯބަރ 2021 ވާ އަންގާރަ  ދުވަހުގެ 14:00 އާ ހަމައަށް  ސ.ހިތަދޫ ޕޯސްޓް އޮފީހުން ބަލައިގަންނާނެއެވެ.  

 

އިންޓަވިއު:

އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާއަށް އެދޭނެ ގޮތް:

 • ވަޒީފާއަށް އެދޭފޯމު ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.  https://www.maldivespost.com/media/downloads/job-application-form

އިތުރު މަޢުލޫމާތު:

 • މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
 • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3315555 އެކްސްޓެންޝަން 3009-273ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
14 އޮކްޓޫބަރު 2021
ހޯދާ