(IUL)342/INDIV/2021/112 ނަންބަރު:
އިޢުލާން
މިކައުންސިލަށް 1.5 ޓަނުގެ ޕަވަރ ގޭޓް ޕިކަޕެއް ހޯދުމާބެހޭ
މިކައުންސިލުން ކުރިއަށް ގެންދާ ކުނި މެނޭޖްކުރުމުގެ ޚިދުމަތަށް 1.5 ޓަނުގެ ޕަވަރގޭޓް ޕިކަޕެއް ގަންނަން ބޭނުންވެގެން ކޮށަފައިވާ އިއުލާން ނަންބަރ: (IUL)342/INDIV/2021/17 ބާޠިލް ކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.
ބީލަމަށް ރަޖިސްޓްރީކުރުން
|
- މިމަސައްކަތަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން، 21 އޮކްޓޫބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިއިދާރާގެ އީމެއިލް[email protected] މެދުވެރިކޮށް ރަޖިސްޓަރީ ކުރަންވާނެއެވެ.
- ވިޔަފާރީގެ ރަޖިސްޓަރީ ކޮޕީއެއް ހުށައަޅަންވާނެއެވެ.
|
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން
|
- ބީލަންވެރިންނަށް މަޢުލުމާތު ދިނުން އޮންނާނީ 21 އޮކްޓޫބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 13:30 މި އިދާރާގެ މީޓިންގ ރޫމްގައެވެ. މިބައްދަލުވުމަށް ހާޒިރުވެވެން ނެތް ފަރާތްތަށް ބައްދަލުވުމުގައި ބައިވެރިވާނީ އޮންލައިންކޮށެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.
- މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓު ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ.
- ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 24 އޮކްޓޫބަރު 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލްގެ [email protected] އީމެއިލަށެވެ.
|
ބީލަން ހުށައެޅުން
|
- ބީލަން ހުޅުވުން އޮންނާނީ 28 އޮކްޓޫބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ. ބީލަން ހުށަހެޅުމަށް ހާޒިރުނުވެވޭ ފަރާތްތަކަށް އޮންލައިންކޮށް މީޓިން ކުރިއަށްދާވަގުތު ހުށަހެޅޭނެއެވެ.
- އޮންލައިންކޮށް ބީލަން ހުށަހަޅާނަމަ، މެއިލްކުރާ ފައިލްތަށް ހުންނަވާނީ ޕީޑީއެފްކޮށް ލޮކް ކުރެވިފައެވެ. އަދި ޕާސްވޯޑް ފޯރުކޮށްދެއްވާނީ އޮންލައިން މީޓިންގައެވެ.
- ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
- މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
|
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
7 ރަބީޢުލްއައްވަލް 1443
14 އޮކްޓޫބަރު 2021