މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ރޯޝަނީ ބިލްޑިންގ، ހެލްތް ސަޕްލައިޒް ހިނގަމުންދާ އިމާރާތް، ދަމަނަވެށި ހިނގަމުންދާ އިމާރާތް، މޯލްޑިވިއަން ބްލަޑް ސަރވިސަސް ހިނގަމުންދާ އިމާރާތުގެ އިތުރުން މިނިސްޓްރީގެ ބައެއް ގުދަންތަކުގައި ހަރުކޮށްފައިވާ އެއަރކޮންޑިޝަންތަކާއި، ރެފްރިޖިރޭޓަރތަކާއި ކޯލްޑްރޫމް މަހަކު އެއްފަހަރު ސަރވިސްކޮށް ބަލަހައްޓަ ދޭނެ ފަރާތެއް 01 އަހަރު ދުވަހުގެ މުއްދަތަށް ހޯދުމަށް

                      އިޢުލާން

     ރޯޝަނީ ބިލްޑިންގ، ހެލްތް ސަޕްލައިޒް ހިނގަމުންދާ އިމާރާތް، ދަމަނަވެށި ހިނގަމުންދާ އިމާރާތް، މޯލްޑިވިއަން ބްލަޑް ސަރވިސަސް ހިނގަމުންދާ އިމާރާތުގެ އިތުރުން މިނިސްޓްރީގެ ބައެއް ގުދަންތަކުގައި ހަރުކޮށްފައިވާ އެއަރކޮންޑިޝަންތަކާއި، ރެފްރިޖިރޭޓަރތަކާއި ކޯލްޑްރޫމް މަހަކު އެއްފަހަރު ސަރވިސްކޮށް ބަލަހައްޓަ ދޭނެ ފަރާތެއް 01 އަހަރު ދުވަހުގެ މުއްދަތަށް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް  14 އޮކްޓޯބަރ 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން  24 އޮކްޓޯބަރ 2021 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 27 އޮކްޓޯބަރ 2021 ބުދަ ދުވަހުގެ ހެނދުނު 11:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 24 އޮކްޓޯބަރ 2021 ވާ އާދިއްތަ ދުވަހު މެންދުރު 14:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަނެވޭނެ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

08 ރަބީޢުލްއައްވަލް  1443

14 އޮކްޓޫބަރު 2021
ހޯދާ