ދިވެހިރާއްޖެ
c
&
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީކައުންސިލްގެ އިދާރާ
ފ. ފީއަލީ،
ދިވެހިރާއްޖެ.
ނަންބަރ: (IUL)370-CASA/370/2021/17
އިއުލާން |
މިއަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ މުބާރަތްތަކުގެ ޓީމް ލިސްޓު ހުށަހެޅުމަށް ކޮށްފައިވާ ނަންބަރު: (IUL)370-CASA/370/2021/16 އިއުލާން ބާތިލުކޮށް އަލުން ފުރުސަތު ހުޅުވާލުމާއި ގުޅޭ
މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ މުބާރަތްތަކުގެ ޓީމް ލިސްޓު ހުށަހެޅުމަށް ކޮށްފައިވާ މި އިދާރާގެ ނަންބަރު: (IUL)370-CASA/370/2021/16 ޢިއުލާނުގައި ބަޔާންކޮށްފައިވާ ޓީމު ލިސްޓު އެކުލަވާލުމުގެ ޝަރުތުތަކަށް މިހާރު ބަދަލުގެނެވިފައިވާތީ، މި އިދާރާގެ ނަންބަރު: (IUL)370-CASA/370/2021/16 ޢިއުލާނު ބާތިލުކޮށް، ޓީމް ލިސްޓު ހުށަހެޅުމަށް އަލުން ފުރުސަތު ހުޅުވާލަމެވެ.
ޒުވާނުންގެ ދުވަހުގެ މުބާރަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ޖިންސަކުން ހަ ޓީމެއްގެ މެދުގައެވެ. ޓީމު ލިސްޓު އެކުލަވާލާއިރު ސަމާލުކަން ދޭންޖެހޭ ކަންތައްތައް:
1) ކޮންމެ ޓީމެއްގައި ހިމެނޭނީ 09 ކުޅުންތެރިންނެވެ.
2) ޓީމު ލިސްޓުގައި 12 އަހަރާއި 14 އަހަރާއި ދެމެދުގެ 01 ކުޅުންތެރިން ހިމަނަންވާނެއެވެ.
3) ޓީމު ލިސްޓުގައި 14 އަހަރާއި 18 އަހަރާއި ދެމެދުގެ 03 ކުޅުންތެރިން ހިމަނަންވާނެއެވެ.
4) ޓީމު ލިސްޓުގައި 18 އަހަރާއި 40 އަހަރާއި ދެމެދުގެ 04 ކުޅުންތެރިން ހިމަނަންވާނެއެވެ.
5) ޓީމު ލިސްޓުގައި 40 އަހަރުން މަތީގެ 1 ކުޅުންތެރިއަކު ހިމަނަންވާނެއެވެ.
ވީމާ، ދެންނެވުނު ކަންތައްތަކަށް ރިޢާޔަތްކޮށް ޓީމު ލިސްޓު އެކުލަވާލުމަށްފަހު 2021 އޮކްޓޯބަރ 17 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން މި އިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ. އަދި، ޓީމު ލިސްޓާއި އެކު އެ ޓީމަކުން ބޭނުންކުރާނެ ކުލަ ހުށަހެޅުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
08 ރަބީޢުލްއައްވަލް 1442
14 އޮކްޓޯބަރ 2021
މޫސާ އަހްމަދު
ކައުންސިލްގެ ރައީސް