ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަށުކަމާކެމީގެ ކަންތައް ދަސްކުރުމާބެހޭ

ދާރުލްޤުރްއާން ވައްސުންނާއިން ކަށުކަމާކެމީގެ ކޯސްތައް ދަނީ ހިންގަމުންނެވެ. އެ ކޯހުން އިތުރުމީހެއްގެ އެހީއާނުލައި އެމީހަކަށް މައްޔިތާ ހިނަވާ ކަފުންކުރުމުގެ ހުރިހާކަމެއް ދަސްކޮށްދެއެވެ. ކޯހުގައި އަސާސީ ފެންވަރަށް ލިޔަން ކިއަން ދަންނަ ހުރިހާ ފަރާތަކަށްވެސް ބައިވެރިވެވޭނެއެވެ. ކޯސް ކުރިއަށްގެންދާނީ 03 ހަފުތާގެ މުއްދަތައް އޮންލައިނުކޮންނެވެ. ކޯހުގެ ފީއަކީ -/1000 ރުފިޔާއެވެ. އަދި މިކަމަކީ އަންހެންބޭފުޅުން ވަރަށް ސައުގުވެރިވާކަން ފާހަގަ ކުރައްވާ ކަމެއްކަން ފާހަގަކުރައްވާފައިވެއެވެ. މިކަމާބެހޭގޮތުން ޢަބްދުއްލަޠީފް އަޙްމަދު 7777995 ނުވަތަ އާމިނަތު ޢަބްދުލްޙަކީމް 7477752 އާ ގުޅުއްވުމުން މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

 

                މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓާކާ އިޢުލާން ކުރީމެވެ.  

14 އޮކްޓޫބަރު 2021
ހޯދާ