ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ހޮސްޕިޓަލާއި އުފަންހިޔާގެ އިމާރާތާއި ގޯތި ކުނިކަހައި ފޮޅައި، ސާފުކުރުމުގެ މަސައްކަތް 1 އަހަރު ދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި އުފަންހިޔާގެ އިމާރާތާއި ގޯތި ކުނިކަހައި ފޮޅައި، ސާފުކުރުމުގެ މަސައްކަތް 1 އަހަރު ދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުއްވުމަށްފަހު 14 އޮކްޓޫބަރު 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން 26 އޮކްޓޫބަރު 2021 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން [email protected] އަށް އީ-މެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި އިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާހުގެ ސޮފްޓް ފައިލް ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް އީ މެއިލް މެދުވެރިކޮށް ފޮނުވައިދެވޭނެއެވެ.

  • މައުލޫމާތު ސާފުކުރުން

27 އޮކްޓޫބަރު 2021 ވާ ބުދަ ދުވަހުގެ 13:30 ގައި

  • އަންދާސީ ހިސާބު ހުށަހެޅުން

08 ނޮވެންބަރު 2021 ވާ ހޯމަ ދުވަހުގެ 10:30 ގައި

 

ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

14 އޮކްޓޫބަރު 2021
ހޯދާ