ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ޑިރެކްޓަރ

އިޢުލާނު

 

މަޤާމު:

ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-322846

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އީ. އެކްސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް ޑިރެކްޓަރ

ސެކްޝަން/ ޔުނީޓް

ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ސެކްޝަން

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ

މުސާރަ:

މަހަކު -/8835 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35
  5. ރިސްކު އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ނުކުންނަ ކޮންމެ ރަސްމީ ދުވަހަކަށް -/50 ރުފިޔާ
  6. ޑިވެލޮޕްމަންޓް ސްޓަޑީޒް، ސޯޝިއަލް ޕޮލިސީ، ސޯޝަލް ސައިންސް ގެ ރޮނގުން ހާސިލް ކޮށްފައިވާ ސަނަދަށް ބެލުމަށްފަހު ޓެކްނިކަލް ކޯ އެލަވެންސް ދިނުމަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ޓެކްނިކަލް ކޯ އެލަވެންސް ގެ ގޮތުގައި 2473.80 ރުފިޔާ ލިބޭނެއެވެ. އަދި ޓެކްނިކަލް ކޯ އެލަވެންސް ހަމަނުޖެހޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި -/1100ރުފިޔާ ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

1-     އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ޤާއިމުކުރެވޭ އެހީގެ ޕްރޮގްރާމްތައް (ފަޤީރު ޙާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހއްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް، ފަޤީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެންމީހަކު ބަލަހައްޓާ ކުދިންނަށާއި އެކުދިން ބަލަހައްޓާ ފަރާތަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް، ފަޤީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް) ތަންފީޒުކުރުމަށް ބޭނުންވާ ފަންނީ އިރުޝާދުތައް ސެކްޝަންގެ މުވައްޒަފުންނަށްދީ އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީގެ ޕްރޮގްރާމްތައް ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.

 

2-     އެޖެންސީއިން ކުރިއަށް ގެންދާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީއެހީގެ ޕްރޮގްރާމް ތަންފީޒުކުރުމަށް ބޭނުންވާ ފަންނީ އިރުޝާދުތައް ސެކްޝަންގެ މުވައްޒަފުންނަށްދީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީއެހީގެ ޕްރޮގްރާމް ތަންފީޒު ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.

 

3-     ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެފަރާތްތަކުގެ ފަންކްޝަނަލް އެސެސްމަންޓް ހަދަންޖެހޭ ފަރާތްތަކުގެ ފަންކްޝަނަލް ހެދުމަށް މުވައްޒަފުންނަށް ބޭނުންވާ ހުނަރާއި ފަންނީ މަޢުލޫމާތާއި އިރުޝާދު ފޯރުކޮށްދިނުމާއި އެކަމަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދިނުން.

 

4-     އެޖެންސީއިން ކުރިއަށް ގެންދާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕީގެ ޚަރަދު ހަމަޖެއްސުމުގެ ޕްރޮގްރާމް ތަންފީޒުކުރުމަށް ބޭނުންވާ ފަންނީ އިރުޝާދުތައް ސެކްޝަންގެ މުވައްޒަފުންނަށްދީ އެޕްރޮގްރާމް ތަންފީޒު ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.

 

5-     އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީގެ ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން އެ ކޮމިޓީގެ މަސައްކަތްތައް ވިލަރެސްކުރުމާއި، ކޮމިޓީއަށް ހުށަހަޅާ ފޯމުތައް ނިންމުމަށް ބޭނުންވާ ފަންނީ ލަފާ ދިނުން.

 

6-     ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީ ދިނުމާއި ގުޅޭ ކޮމިޓީ އަދި ތެރަޕީގެ އެހީ ދިނުމާއިގުޅޭ ކޮމިޓީގެ މެމންބަރެއްގެ ހައިސިއްޔަތުން އެ ކޮމިޓީގެ މަސައްކަތްތައް ވިލަރެސްކުރުމާއި، ކޮމިޓީއަށް ހުށަހަޅާ ފޯމުތައް ނިންމުމަށް ބޭނުންވާ ފަންނީ ލަފާ ދިނުން.

 

7-     އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ދެވޭ މާލީ އެހީތަކާއި އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީއެހީ ލިބޭ ފަރާތްތަކަށް މަހުން މަހަށް ފޯރުކޮށްދޭންޖެހޭ އެހީ ފޯރުކޮށްދިނުމަށް ބޭނުންވާ ލިސްޓްތައް އެކަމަށް ކަނޑައެޅޭ މުއްދަތުގައި ފިނޭންސް ސެކްޝަނަށް ފޮނުވޭނެ އިންތިޒާމް ހަމަޖައްސައި މަހުންމަހަށް ފައިސާ ލިބޭ ފަރާތްތަކަށް ފައިސާ ޖަމާކުރެވޭކަން ކަށަވަރުކުރުން.

 

8-     އެޖެންސީއިން ކުރިއަށް ގެންދާ އިޖްތިމާޢީ ރައްކާތެރިކަމާ ގުޅޭ ޕްރޮގްރާމްތަކާ ގުޅިގެން ރާއްޖެއާއި އަދި ރާއްޖެއިން ބޭރުގެ ސްޓޭކްހޯލްޑަރުންނާއެކު ކުރަންޖެހޭ މަސައްކަތްތައް ޕްރޮގްރާމް ސެކްޝަންގެ ފަރާތުން ވިލަރެސްކުރުމާއި ޕްރޮގްރާމްތަކާ ގުޅޭގޮތުން އެފަރާތްތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި އެޖެންސީއިން ތައްޔާރުކުރަންޖެހޭ ފަންނީ ކަރުދާސް ތަކާއި ރިޕޯރޓުތައް ތައްޔާރުކުރުން.

 

9-     އެޖެންސީއިން ކުރިއަށް ގެންދާ އިޖްތިމާޢީ ރައްކާތެރިކަމާއި ގުޅޭ ހުރިހާ ޕްރޮގްރާމްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމާގުޅޭ ތަފާސްހިސާބުތައް ބަލެހެއްޓޭނެ ނިޒާމެއް ޤާއިމުކޮށް ބޭނުންވާ ރިޕޯރޓުތައް ތައްޔާރުކޮށް ކަމާގުޅޭ ފަރާތްތަކާ ހިއްސާކުރުން.

 

10-  މިއެޖެންސީއިން ކުރިއަށް ގެންދާ އިޖްތިމާޢީ ރައްކާތެރިކަމާގުޅޭ އެންމެހައި ޕްރޮގްރާމްތަކާ ގުޅިގެން ހަދަންޖެހޭ ގަވާއިދުތަކާއި ސިޔާސަތުތައް އެކުލަވާލުމުގައި، ޕްރޮގްރާމް ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް އެޑްރެސްކުރުމަށް ބޭނުންވާ ފަންނީ ލަފާ ޕޮލިސީ ސެކްޝަނަށް ދިނުމާއި އަދި ސިޔާސަތުތަކާއި ގަވާއިދުތައް ކަނޑައެޅުމުގައި ޕޮލިސީ ސެކްޝަނާ އެއްކޮށް މަސައްކަތްކޮށް ގެންނަންޖެހޭ ބަދަލުތައް ރިވިއުކޮށް އެބަދަލުތައް ގެނައުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން

 

11-  އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީއަށް އެދި ހުށަހަޅާ ފޯމުތަކާ މެދު ކޮމިޓީން ނިންމާ ނިންމުންތައް ޑޭޓާ ބޭސްއިން ދުވަހުން ދުވަހަށް އަދާހަމަކުރެވޭނެ ނިޒާމެއް ޤާއިމުކޮށް އެކަމަށް ބޭނުންވާ އިރުޝާދު މުވައްޒަފުންނަށްދީ އެކަން ކުރެވޭކަން ޔަޤީންކުރުން.

 

12-  އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީގެ ޕްރޮގްރާމްތަކުގެ ފޯމުތައް ޕްރޮސެސް ކުރުމަށް ބޭނުންކުރާ ސޯޝަލް ޕްރޮޓެކްޝަން އިންފޮރމޭޝަން ސިސްޓަމް އަށް ގެންނަން ޖެހޭ ބަދަލުތަކާއި އަދި އެސިސްޓަމް އިތުރަށް ތަރައްޤީ ކުރުމަށް ބޭނުންވާ ކަންތައްތައް ދެނެގަނެ އެކަންތައްތައް ޑޭޓާބޭސް އަށް ގެނައުމަށްޓަކައި ސީ.އީ.އޯ ގެ ލަފާގެ މަތިން ސޮފްޓެވެއަރ ޑިވެލޮޕަރ އަށް އިރުޝާދުދީ އެބަދަލުތައް ގެނެވޭކަން ކަށަވަރުކުރުން.

 

13-  އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ތަންފީޒުކުރެވޭ ޕްރޮގްރާމްތަކުގެ ގަވާއިދާއި ސިޔާސަތުތަކަށް ގެނެވޭ ބަދަލުތަކާ ގުޅިގެން ސޯޝަލް ޕްރޮޓެކްޝަން އިންފޮރމޭޝަން ސިސްޓަމް އަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭ ފަންނީ ލަފައާއި އިރުޝާދު ސޮފްޓްވެއަރ ޑިވެލޮޕަރ އަށްދީ އެކަން ކުރެވޭނެ ނިޒާމެއް ޤާއިމުކުރުން.

 

14-  އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީއަށް އެދޭ ޕްރޮގްރާމް ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ދެނެގަނެ، އެކަން ހައްލުކުރުމުގެ ގޮތުން ސީ.އީ.އޯ އަށް ބޭނުންވާ ފަންނީ ލަފާ އެރުވުން.

 

15-  މިއެޖެންސީގެ އެޗް.އާރު.އެމް.ޑީ އަދި ޓެންޑަރ ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

 

16-  ބެޔަސް ނުބެޔަސް ޕްރޮގްރާމްގެ ދަށުން އެހީ ލިބޭ ފަރާތްތަކަށް ދޭންޖެހޭ މާލީ އެހީދިނުމުގެ މަސައްކަތްތައް ރާވައި ހިންގުން.

 

17-  މިޖެންސީގެ ޕްރޮގްރާމް ސެކްޝަންގެ މުވައްޒަފުންގެ މަސައްކަތްތައް ރޭވުމާއި، އެ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒުކޮށް އަދި ޕަރފޯމަންސް އެޕްރެއިޒަލް ހެދުން.

 

މަޤާމުގެ ޝަރުޠުތައް:

ޑިވެލޮޕްމަންޓް ސްޓަޑީޒް، ސޯޝިއަލް ޕޮލިސީ، ސޯޝަލް ސައިންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ގެ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ސޯޝަލް ސައިންސްގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 

ނުވަތަ

 

ޑިވެލޮޕްމަންޓް ސްޓަޑީޒް، ސޯޝިއަލް ޕޮލިސީ، ސޯޝަލް ސައިންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ގެ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ސޯޝަލް ސައިންސްގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް

ޑިވެލޮޕްމަންޓް ސްޓަޑީޒް

ސޯޝިއަލް ޕޮލިސީ

ސޯޝަލް ސައިންސް

ޕަބްލިކް އެޑްމިނިސްޓްރޭޝަން

ޕްރިފަރޑް ޑިސިޕްލިން ތައް

ނެތް

ކޯ ޑިސިޕްލިން ތައް

ޑިވެލޮޕްމަންޓް ސްޓަޑީޒް

ސޯޝިއަލް ޕޮލިސީ

ސޯޝަލް ސައިންސް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

 ސޯޝަލް ސައިންސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/download/2538
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

15

ޕްރެޒެންޓޭޝަން

10

އިންޓަރވިއު

30

ނޯޓް: މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމުލަ 60 ނުވަތަ އެއަށް ވުރެ މަތިން ޕޮއިންޓު ލިބެންވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 އޮކްޓޫބަރު 24 ވާ އާދިއްތަ ދުވަހުގެ 13:30ގެ ކުރިން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (މއ.ދޮންވެލި އިމާރާތް، އަމީނީމަގު)އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނާނީ 2021 އޮކްޓޫބަރު 25 އާއި2021 ނޮވެންބަރު 24 އާ ދެމެދު، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)،ކ.މާލެ  ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 1402 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

14 އޮކްޓޫބަރު 2021
ހޯދާ