މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫ މަންދޫބަކަށް ވުމުގެ ފުރުޞަތު ހުޅުވާލުން

ނ. ކެނދިކުޅުދޫގެ މަންދޫބަކަށް ވުމުގެ ފުރުޞަތު ހުޅުވާލާ ކެނދިކުޅުދޫ ކައުންސިލަށް މާލެ ސަރަހައްދުން ކުރުމަށް ދަތިވާ ކަންކަމާއި ލިބެންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެހީތެރިވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ކެނދިކުޅުދޫ މަންދޫބުގެ މައިގަނޑު މަސައްކަތާއި މަސްޢޫލިއްޔަތު

  1. ކެނދިކުޅުދޫ ކައުންސިލްގެ މުދަލާއި، ޚިދުމަަތާއި އަދި ތަކެތި ފޯރުކޮށްދިނުމުގައި މާލެ ސަރަހައްދުން ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން
  2. ކެނދިކުޅުދޫ ކައުންސިލަށް ގަންނަ މުދާ/ތަކެއްޗާއި ޙަވާލުވެ މާލެ ސަރަހައްދުން އެތަކެތި ބޯޓަށް އެރުވުން
  3. ކެނދިކުޅުދޫ ކައުންސިލްގެ އައިޑީކާޑު ޚިދުމަތް ދިނުމުގައި މާލެ ސަރަހައްދުން ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން

ކެނދިކުޅުދޫ މަންދޫބަކަށް ވުމުގެ ޝަރުތު

  1. ނ. ކެނދިކުޅުދޫ ރައްޔިތެއްކަމުގައިވުން / ކެނދިކުޅުދޫ ރައްޔިތެއްގެ ދަރިއެއް ކަމުގައިވުން / ކެނދިކުޅުދޫ ރައްޔިތެއްގެ ފިރިއެއް ކަމުގައިވުން
  2. މާލެ ސަރަހައްދުގައި ޤާއިމްވެހުރި ފަރާތެއްކަމުގައިވުން
  3. ޢުމުރުން 18 އަހަރު ވެފައިވާ ފިރިހެނަކު ކަމުގައިވުން
  4. ގިނަވަޤުތު މަސައްކަތުގައި އުޅޭވޭނެ ފަރާތެއްކަމުގައިވުން
  5. ސައިކަލް ދުއްވުމުގެ ލައިސަންސް އޮތް ފަރާތެއް ކަމުގައިވުން
  6. ޖިސްމާނީގޮތުން ދުޅަހެޔޮ ޞިއްޙަތެއްގައިހުރި، ހައްޓަށް ބުރަ މަސައްކަތެއް ކުރަންޖެހިއްޖެ ޙާލަތެއްގައި އެފަދަ މަސައްކަތްވެސް ކުރެވޭނެ ޤާބިލްކަން ހުރި ފަރާތެއްކަމުގައިވުން

ބީލަން ހުށައަޅާއިރު ހުށައަޅަންޖެހޭ ތަކެތި

  1. 1.       މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  2. 2.       ސައިކަލް ދުއްވުމުގެ ލައިސެންސް ކޮޕީ
  3. 3.       އަގު ބަޔާންކޮށް ހުށައަޅާ ސިޓީ (އަގު ހުށައަޅާނީ 30 ދުވަހުގެ މުއްދަތަށް ނުވަތަ 1 މަސްދުވަހަށް، މި އަގު ހުށައަޅާފައި އޮންނަންވާނީ ޝައުޤުވެރިކަން ފާޅުކޮށް އެފަރާތް ލިޔެ ސޮއިކޮށްފައިވާ ސިޓީއެއްގައެވެ.)

 

 

ބީލަން ވަޒަންކުރާނެގޮތް

ބީލަން ވަޒަންކުރާނީ، ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން އެންމެ އަގުހެޔޮ ފަރާތަކަށް މިމަސައްކަތް ޙަވާލުކުރާ އުސޫލުންނެވެ. މިމަސައްކަތަށް ކައުންސިލުން ކަނޑައަޅާފައިވާ ސީލިންގ އަގަކީ މަހަކަށް -/2000 ރުފިޔާއެވެ. ވީމާ، މިއަދަދަށްވުރެ މަތިން ބީލަން ހުށައަޅާ ފަރާތްތައް ޑިސްކޮލިފައިކުރެވޭނެކަމުގައި ދަންނަވަމެވެ.

ސުންގަޑި

މިއިޢުލާނާއި ގުޅިގެން ޝައުޤުވެރިކަން ފާޅުކޮށް، ހުށައަޅަންޖެހޭ ތަކެތި އެއްކަރުދާސްކޮށް 21 އޮކްޓޫބަރު 2021 ގެ 13:00 ގެ ކުރިން މިކައުންސިލަށް ހުށައެޅުމަށް ދަންނަވަމެވެ. ބީލަން ހުށައަޅާނީ ކެނދިކުޅުދޫ ކައުންސިލުގެ ކައުންޓަރަށެވެ. ނުވަތަ [email protected] މި މެއިލް އެޑްރެހަށެވެ. ބީލަން ހުށައަޅާއިރު ހާޑުކޮޕީ ހުށައަޅާނަމަ، ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި، މި އިޢުލާނުގެ އިޢުލާން ނަންބަރާއެކު " ނ. ކެނދިކުޅުދޫ މަންދޫބަށް ވުމަށް އެދި ހުށައެޅުން" މިފަދައިން ލިޔެ ކައުންސިލްގެ ކައުންޓަރާއި ޙަވާލުކުރަންވާނެއެވެ. އަދި މެއިލް މެދުވެރިކޮށް ހުށައަޅާނަމަ ސަބްޖެކްޓް އަކަށް މި އިޢުލާނުގެ އިޢުލާން ނަންބަރާއެކު " ނ. ކެނދިކުޅުދޫ މަންދޫބަށް ވުމަށް އެދި ހުށައެޅުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

08  ރަބީޢުލްއައްވަލް 1443

14  އޮކްޓޫބަރު    2021

14 އޮކްޓޫބަރު 2021
ހޯދާ