ދިވެހިރާއްޖެ
123-A/IUL/2021/80
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ.
މިކޮމިޝަނުގެ އިދާރާގެ މަރާމާތުގެ ބައެއް މަސައްކަތާއި، ކަރަންޓުގެ ބައެއް މައްސަލަތައް ޙައްލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި މަސައްކަތަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލަޕްމަންޓުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. އަދި މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންޖެހޭ އިތުރު ޝަރުތުތައް މަޢުލޫމާތު ޝީޓުގައި ބަޔާން ކުރެވިފައިވާނެއެވެ.
މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 2021 އޮކްޓޫބަރު 17 ވާ އާދީއްތަ ދުވަހުގެ ހެނދުނު 08:30 އިން ފެށިގެން 2021 އޮކްޓޫބަރު 20 ވާ ބުދަ ދުވަހުގެ 13:30ގެ ނިޔަލަށް ކޮމިޝަނުގެ ރިސެޕްޝަނަށް ވަޑައިގެން ބީލަންވެރިން ރަޖިސްޓްރީ ކުރާ ޝީޓު ފުރިހަމަ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އެކަންޏެވެ.
މި ބިޑާ ގުޅިގެން ބާއްވާ ޕްރީބިޑް ބައްދަލުވުން އަދި ސައިޓް ވިޒިޓް އޮންނާނީ 2021 އޮކްޓޫބަރު 20 ވާ ބުދަ ދުވަހުގެ 14:00 ގައި މިކޮމިޝަނުގެ 3 ވަނަ ފަންގިފިލާގައެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2021 އޮކްޓޫބަރު 28 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިކޮމިޝަނަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މި ޕްރޮޖެކްޓުގައި ބައިވެރިވުމަށް ދީފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތައް ހަމަޖެހިފައި ނުވާ ވާހަކަ ދަންނަވަމެވެ.
މި ބިޑާ ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާ އެއްހީރަސް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ މަޢުލޫމާތު ޝީޓުގައިވާ ގޮތަށެވެ.
08 ރަބީޢުލްއައްވަލް 1442
14 އޮކްޓޫބަރު 2021