ދިވެހިރާއްޖެ
އިޢުލާން
ނަމްބަރ:WDC/IUL/2021/14
ކ.މާފުށި ޕްރީސްކޫލް ޢިމާރާތް ކުއްޔަ ނަގައިގެން ހިންގައިދޭނެ ފަރާތެއް ހޯދުމާއިގުޅޭ:
ކ.މާފުށި ޕްރީސްކޫލް ޢިމާރާތުގައި ޕްރީސްކޫލް ޕްރައިވެޓައިޒް ކޮށްގެން ހިންގާދޭނޭ ފަރާތެއް ހޯދުމަށް ކުރި ނަމްބަރ: WDC/IUL/2014/11(03 އޮގަސްޓް 2021) އިޢުލާން އާއި ގުޅިގެން ހުށަހަޅާފައިވާ އެސްޓިމޭޓަކީ މަޢުލޫމާތު ކަރުދާހުގައި ހުރި މަޢުލޫމާތުތައް ފުރިހަމަވެފައި ނެތް އެސްޓިމޭޓަކަށްވާތީ އެ އިޢުލާން ބާޠިލްކޮށް ޕްރީސްކޫލް ޢިމާރާތް ކުއްޔަ ނަގައިގެން ހިންގައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 އޮކްޓޯބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މާފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމްއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 26 އޮކްޓޯބަރ 2021 ވާ އަންގާރަދުވަހުގެ 13:00 އަށް މާފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމަށް ދުރުވެ ބިޑް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންފުޅުވާ ފަރާތްތަކުން 9538121 އަށް ގުޅުއްވުން އެދެމެވެ.
ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ. މީގެ އިތުރުން ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ނުވަތަ ރަޖިސްޓްރީކޮށްގެން ޕްރީސްކޫލް ހިންގާ ފަރާތެއްނަމަ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ.
13 އޮކްޓޯބަރ 2120މ.