މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ބިދޭސީ 50 ނަރުހުން އަދި 21 ލެބޯޓްރީ ޓެކްނޮލަޖިސްޓުން ހޯދަން

މި މިނިސްޓްރީގެ ޞިއްޙީ މަރުކަޒުތަކަށް ބިދޭސީ 50 ނަރުހުން އަދި 21 ލެބޯޓްރީ ޓެކްނޮލަޖިސްޓުން ހޯދަން ބޭނުންވެއެވެ. ރާއްޖޭއިން ބޭރުން ބިދޭސީން ގެނެއުމަށް ރަޖިސްޓްރީ ކޮށްފައިވާ ހުއްދަ 17 ޖޫން 2014 ގެ ކުރިން ދޫކޮށްފައިވާ ފަރާތްތަކަށް ވަނީ ފުރުސަތު ހުޅުވާލެވިފައެވެ. ވީމާ، ބިދޭސީން ގެނައުމަށް ޝައުޤުވެރިވާ އެޖެންސީތަކުން ތިރީގައި ދެންނެވިފައިވާ ޝަރުޠު ހަމަވާ އެޕްލިކޭޝަންތަކަށް ގުޅުންހުރި ކައުންސިލްގެ ޕްރީ ރެޖިސްޓްރޭޝަން ހެއްދުމަށްޓަކައި ކައުންސިލްގެ ރެޖިސްޓްރޭޝަން ފޯމު ފުރުމަށްފަހު މި މިނިސްޓްރީގެ ތައްގަނޑު ޖެހުމަށްޓަކައި ހެލްތު ސާރވިސް ޑިވިޝަންގެ ދަށުން ހިނގަމުންދާ ފޮރިން ރެކްރޫޓްމަންޓް ސެކްޝަނަށް ހުށަހަޅުއްވަމުން ގެންދެވުން އެދެމެވެ.

މަޤާމު: ރަޖިސްޓަރ ނާރސް އަދި ލެބޯޓްރީ ޓެކްނޮލަޖިސްޓް

މުސާރަ: -/5610 ރުފިޔާ

ސާރވިސް އެލަވަންސް: -/2500 ރުފިޔާ

ޝަރުޠު:  

ނަރުހުން

މަދުވެގެން 100 އެނދުގެ ހޮސްޕިޓަލެއްގައި 2 އަހަރާ 6 މަސްދުވަސް ވެފައިވުމާއި އޭގެ ތެރެއިން 6 މަސްދުވަހު ލޭބަރ ރޫމްގައި މަސައްކަތް ކޮށްފައިވާން ވާނެއެވެ. އަދި ވަޒިފާއަށް މުވައްޒަފަށް އޮފަރ ލެޓަރ ދޫކުރެވޭނީ ދިވެހިރާއްޖޭގެ ނާރސިންގ ކައުންސިލްގެ ޕުރީ ރަޖިސްޓުރޭޝަން ފޮރިން ރެކްރޫޓްމަންޓް ސެކްޝަނަށް ހުށަހަޅުއްވަމުންނެވެ.

ލެބޯޓްރީ ޓެކްނޮލަޖިސްޓް

މަދުވެގެން 2 އަހަރު ދުވަހު ލެބޯޓްރީގައި މަސަކަތް ކޮށްފައިވާން ވާނެއެވެ. އަދި ވަޒިފާއަށް މުވައްޒަފަށް އޮފަރ ލެޓަރ ދޫކުރެވޭނީ ދިވެހިރާއްޖޭގެ ބޯރޑް އޮފް ހެލްތު ސައިންސަސްގެ ޕުރީ ރަޖިސްޓުރޭޝަން ފޮރިން ރެކްރޫޓްމަންޓް ސެކްޝަނަށް ހުށަހަޅުއްވަމުންނެވެ.

އިތުރު މަޢުލޫމާތު

ޑޮކިއުމަންޓް ހުށަހަޅާ އެޖެންސީތަކުން އެޖެންސީތަކުގެ ރަޖިސްޓަރީގެ ކޮޕީއެއް (އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ) އަދި އެޖެންސީއަކީ ރާއްޖެއިން ބޭރުން ބިދޭސީ ގެނައުމުގެ ހުއްދަ އޮތް ފަރާތްތެއްކަން އަންގައިދޭ ކަމާގުޅޭ އިދާރާއިން ދޫކޮށްފައިވާ ލިޔުމުގެ އަސްލު ހުށަހަޅަންވާއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނެ ނަންބަރަކީ 3014343 އަދި އީމެއިލް [email protected]  ފޮނުވުން އެދެމެވެ.

07 ޖުލައި 2014
ހޯދާ