ދިވެހިރާއްޖެ
ތޮއްޑޫ ސްކޫލް
އއ. ތޮއްޑޫ،ދިވެހިރާއްޖެ ނަންބަރ: GS66/IUL/2021/26
ޢިއުލާން
މި ސްކޫލްގައި ހުރި ބައެއް ތަކެތި ދުވަހު ނީލަމުގައި ވިއްކާލުން
މި ސްކޫލްގައި ހުރި ބައެއް ތަކެތި ނީލަންކިޔުމަށް ވަނީ ނިންމާފައެވެ. ނީލަންކިޔުން އޮންނާނީ 2021 އޮކްޓޯބަރ 19 ވާ ބުދަދުވަހު 16:30 ގައި ތޮއްޑޫ ސްކޫލްގައެވެ. ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 2021 އޮކްޓޯބަރ 18 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ނަންނޯޓް ކުރުމަށް ދެންނެވީމެވެ.
މި ނީލަމުގައި ނަންގަވާ ތަކެތި ގެންދެވޭނީ ފައިސާ ދެއްކުމަށްފަހުގައެވެ. ނީލަން ނިމުމުން 1 ދުވަހުގެ ތެރޭގައި ނުގެންގޮސް ސްކޫލްގައި ބަހައްޓާފައިވާ ތަކެތި ނައްތާލެވޭނެ ކަމުގައި ދެންނެވީމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. އަދި މި އިޢުލާނާއިއެކު ނީލަން ކިޔާތަކެތީގެ ލިސްޓް އާންމުކުރީމެވެ.
- ބައު ޓިނު
- ބައު ލަކުޑި
13 އޮކްޓޯބަރ 2021