ދިވެހިރާއްޖެ
އިޢުލާން ނަންބަރު: (IUL)438-ED/438/2021/291
ހަކަތަރި ޕްރޮގްރާމަށް އަހުލުވެރިކުރުމަށް ބާއްވާ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމަށް ނަން ނޯޓު ކުރުމުގެ މުއްދަތު އިތުރުކުރުން
މި މިނިސްރްރީއިން ގެޒެޓް ކުރެވިފައިވައި އިއުލާން ނަންބަރު: (IUL)438-ED/438/2021/273 އާ ހަވާލާދީ ދަންނަވަމެވެ. ދިވެހިރާއްޖެއަށް އެތެރެކުރާ ކަރަންޓު ސާމާނުގެ ތެރެއިން ހަކަތަ ސަމަކާރަ ތަކެތި ފާހަގަކުރުމަށް މި މިނިސްޓްރީން އެކުލަވާލެވިފައިވާ ހަކަތަރި ޕްރޮގްރާމަށް އަހުލުވެރިކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމަށް ނަން ނޯޓް ކުރުމުގެ މުއްދަތު 04 ނޮވެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 18:00 އަށް އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
ވިމާ، މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކުން ސުންގަޑި ހަމަވުމުގެ ކުރިން ތިރީގައިވާ ފޯމު މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
ފޯމުގެ ލިންކް: https://forms.office.com/r/5pNUX40W3w
ނޯޓް: މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރި ކުރުމަށް ހަމަޖެހިފައިވަނީ މި ފޯމު މެދުވެރިކޮށް ރަޖިސްޓްރީވާ ފަރާތްތަކެވެ.
13 އޮކްޓޫބަރ 2021