ދިވެހިރާއްޖެ
ނަންބަރު: 14/(IUL)E-380/2021
އިޢްލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
މިއިދާރާގެ ނަންބަރު: 2/(IUL)E-380/2020 (11-02-2020) އިޢްލާނު ބާތިލުކުރުމަށްފަހު ކައުންސިލުން ދެއްވާ މަޢްލޫމާތާއި،
ކުރެހުމާ އެއްގޮތަށް މާއެނބޫދޫގައި ފުޓްސަލްދަނޑު އަމިއްލަ ތަކެތީގައި ތަރައްޤީކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުސަތު އަލުން ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.
މަޢުލޫމާތު ދިނުމާއި، އަންދާސީ ހިސާބު ހުށަހެޅުން
1 – ފުޓްސަލް ދަޑުހެދުމާ ގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 2021 އޮކްޓޯބަރު 17 ވާ އާދީއްތަ ދުވަހުގެ 13.00 ގައި މާއެނބޫދޫ ކައުންސިލް އިދާރާގައެވެ.
2 - އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2021 އޮކްޓޯބަރު 24 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މާއެނބޫދޫ ކައުންސިލް އިދާރާގައެވެ.
3 – ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 އަންދާސީ ހިސާބެވެ.
އިތުރު މަޢްލޫމާތު
¶ މި އިޢްލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
¶ މަޢްލޫމާތު ސާފުކަރަން ވަޑައި ނުގަންނަވާ ފަރާތްތަކާއި،ކަނޑައެޅިފައިވާ ގަޑީގެފަހުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.
¶ މަޢްލޫމާތު ދިނުމުގެ ބައްދަލުވުމާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭ ލިޔުމެއް ހުށަހަޅަން ވާނެއެވެ.
މިކަމާއި ގުޅިގެން އިތުރު މަޢްލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ 7952555 މި ނަންބަރާ ގުޅުއްވުން އެދެމެވެ.
މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބަލާނެ މިންގަޑުތައް
% 60 |
ހުށަހަޅާފައިވާ އަގަށް (އެންމެ ކުޑައަގު ބެންޗްމާކުކަމުގައި ބަލައިގެން) |
% 25 |
ހުށަހަޅާފައިވާ މުއްދަތަށް (އެންމެ ކުޑަމުއްދަތު ބެންޗްމާކުކަމުގައި ބަލައިގެން) |
% 10 |
ތަޖްރިބާއަށް ( ވޭތުވެދިޔަ 5 އަހަރުތެރޭގައި މިބާވަތުގެ މަސައްކަތް މުއްދަތަށް ކޮށްފައިވާ ކަމަށް ސަރުކާރުގެ އިދާރާއަކުން ދީފައިވާ 5 ނިޔުން ހުށަހަޅައިފިނަމަ % 10 ) |
% 5 |
ޕްރޮފައިލް ( ތަޢާރަފަށް % 3 ) ( މަގްސަދަށް % 2 ) |
އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް
ހ. އަންދާސީ ހިސާބު
ށ. ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ
ނ. ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް ކޮޕީ
ވީމާ ، މިކަން ޢާއްމުކޮށް އިޢްލާން ކުރީމެވެ.
06 ރަބީޢުލްއައްވަލު1443
12 އޮކްޓޯބަރު 2021