ދިވެހިރާއްޖެ
އިޢުލާން
ކޮޅުމަޑުލު ބައު އަތޮޅުގޭގެ 2 ކޮޓަރި މަރާމާތު ކޮއްދޭނެ ފަރާތެއް ހޯދުން
ކޮޅުމަޑުލު ބައު އަތޮޅުގޭގެ 2 ކޮޓަރީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚްގެ ކުރިން ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވެލައްވައި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް، މިއިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ. ރަޖިސްޓްރީ ވުމަށް ބޭނުންވާ ފޯމާއި، ބީލަމާބެހޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މިއިދާރާގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.
ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވާ ތާރީޚް |
އަންދާސީހިސާބު ހުށަހެޅުމަށް |
17 ސެޕްޓެންބަރ 2021 ( އާދީއްތަ) ދުވަހުގެ 10:30 ގެ ކުރިން |
27 އޮކްޓޫބަރ 2021 ( ބުދަ ) ދުވަހުގެ 11:00 އަށް |
އަދި ދަންނަވަމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީނުވާ އެއްވެސް ފަރާތްތެއްގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ މިއިދާރާގެ ނަންބަރު 6780700 އަދި 9872417 ނަމްބަރަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ. މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި އަލުން ދެވަނަ ފަހަރަށް އިޢުލާން ކުރެވިފައިމިވަނީ، މިއިދާރާގެ ނަމްބަރ (IUL)239-PS/239/2021/27 (28 ސެޕްޓެންބަރ 2021 ) އިޢުލާން ގެޒެޓް ކުރެވިފައި ނުވާތީއެވެ.
07 ރަބީޢުލްއައްވަލު 1443
12 އޮކްޓޫބަރ 2021