މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ނޫމަރާ ކައުންސިލް އިދާރާއިން ބަލަހައްޓާ ޕްރީ ސުކޫލްހޯލްގައި 4 ފެންތާންގި ބުޑު ހަދައި ހިޔާކުރާނެ ފަރާތެއް ހޯދުން.

މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތައް އަމިއްލަތަކެތީގައި މިއިދާރާގެ ބެލުމުގެ ދަށުގައިވާ

ޕްރީސުކޫލްގެ ހޯލްގައި 4 ފެންތާނގި ބަހައްޓާނެ  ބުޑުހަދައި، އެތަން ހިޔާކޮއްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

                                         ވީމާ،މިކަމަށް ސައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސް ތަކުގައި މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފްކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. ''އަންދާސީ ހިސާބު ހުށައަޅާ ފޯރމް މިއިދާރާއިން ލިބެން ހުންނާނެއެވެ.އަދި މައުލޫމާތު ދިނުމުގެ ބައްދަލްވުމުގައި ހަވާލްކުރާ މައުލޫމާތު ކަރުދާހުގައި ބިޑް އެވިއުލޭޓް ކުރުމުގައި މާރކުސް ދެވޭނެގޮތް ބަޔާންކުރެވިފައިވާނެ ވާހަކަ ދަންނަވަމެވެ.

 

  • ·         މައުލޫމާތު ސާފްކުރުން

          21 އޮކްޓޯބަރ 2021ވާ ބުރާސްފަތި ދުވަހު  01:00ކައުންސިލް އިދާރާއަށް ހާޒިރުވުމަށް ދަންނަވަމެވެ.

  • ·         އަންދާސީ ހިސާބު ހުށައެޅުން

           24 އޮކްޓޯބަރ  2021ވާ އާދިއްތަ ދުވަހު 01:00ކައުންސިލް އިދާރާއަށް ހާޒިރުވުމަށް ދަންނަވަމެވެ.

 

                                         މައުލޫމާތު ސާފްކުރުމުގެ ބައްދަލްވުމުގައި ބައިވެރި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ދެވެންނެތްވާހަކަ ދަންނަވަމެވެ. މިބިޑްގައި ބައިވެރި ވެވޭނީ ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށެވެ.

              އަދި މައުލޫމާތު ދިނުމުގެ ބައްދަލްވުމުގައާއި ބިޑް ހުށައެޅުމުގެ ބައްދަލް ވުމުގައި ބައިވެރިވުމަށް ބަދަލްގައި ބޭފުޅަކުފޮނުއްވާނަމަ އެކަން ބަޔާކޮއް ސިޓީ އަކާއި ބަދަލްގައި ވަޑައިގަންނަވާ ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ އަދި އައިޑީ ކާޑް ކޮޕީ ހުށައަޅަން ވާނެއެވެ.މިލިޔުންތަށް ފުރިހަމަ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ނެތް ވާހަކަ ވެސް ދެންނެވީމެވެ.

11 އޮކްޓޫބަރު 2021
ހޯދާ