މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބޯޑުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު

އިއުލާން

ޤާނޫނު ނަންބަރު 2010/15 (ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބޯޑުގެ ތިރީގައިވާ މަޤާމުތަކަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލަމެވެ.

ބޯޑުގެ ނަން

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބޯޑު

  1.  މަޤާމު

1. އާންމު ޞިއްޙަތާ ބެހޭ ތަޖުރިބާކާރެއް.

2. އާންމު ފަރާތްތަކުގެ ތެރެއިން ދުންފަތް ކޮންޓްރޯލު ކުރުމުގެ ތަޖުރިބާކާރެއް.

3. މަދަނީ ޖަމްޢިއްޔާތަކުން ކަނޑައަޅާ ފަރާތެއް

4. ކޮންޒިއުމާ ޙައްޤުތަކާ ބެހޭ ދާއިރާގެ ފަރާތެއް

5. އިންސާނީ ޙައްޤުތަކާބެހޭ ދާއިރާގެ ފަރާތެއް.

ބޭނުންވާ ޢަދަދު

މަތީގައި ބަޔާންކޮށްފައިވާ ކޮންމެ ދާއިރާއަކުން 1 (އެކެއް)  މެންބަރެއް

އެލަވަންސް

ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެލަވަންސް ލިބޭނެއެވެ.

ބޯޑުގެ މައިގަނޑު މަސްއޫލިއްޔަތުތައް

ގަވާއިދު ނަންބަރު 2019/R-1022 (ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބޯޑުގެ ހިންގާ ގަވާއިދު)ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް.

 

މެންބަރުކަމުގެ ޝަރުޠު

 

  1. އެމީހަކު ތަމްސީލުކުރާ ދާއިރާއާ ގުޅޭ ފަންނީ ޤާބިލުކަމާއި، ތަޖުރިބާ ލިބިފައިވާ މީހެއްކަމުގައިވުން.
  2. ދުންފަތުގެ ބާވަތެއްގެ ވިޔަފާރިކުރުމުގައި ހަރަކާތްތެރިވާ ނުވަތަ އެފަދަ ވިޔަފާރިއަކާ ގުޅުންހުރި ފަރާތެއް ކަމުގައި ނުވުން.
  3. ދުންފަތުގެ އެއްވެސް ބާވަތެއް އުފައްދާ ނުވަތަ އެތެރެކުރާ ނުވަތަ ބޭރުކުރާ ފަރާތެއްކަމުގައި ނުވުން.
  4. ދުންފަތުގެ އިސްތިޢުމާލު ނުކުރާ ފަރާތެއް ކަމުގައި ވުން.
  5. އިފްލާސް ކުރެވިފައި ނުވާ އަދި ވައްކަން، ނުވަތަ ޓެކުން، ނުވަތަ ފޭރުން ނުވަތަ ކޮރަޕްޝަންގެ ކުށެއް ސާބިތުވެފައިނުވާ މީހަކު ކަމުގައި ވުން.
  6. ޖިނާޢީ ކުށެއް ސާބިޠުވެފައިވާނަމަ ޙުކުމް ތަންފީޒުކުރެވުނުތާ 5 (ފަހެއް) އަހަރު ދުވަސް ވެފައިވުން.

ތައުލީމަށް މާކުސް ދިނުމަށް ކަނޑައަޅާފައިވާ ގޮތް

އެ މެންބަރަކު ތަމްސީލުކުރާ ދާއިރާއަކުން ހޯދާފައިވާ ސެޓްފިކެޓް)

ޑިގްރީ– 20 މާކްސް

ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ - 30 މާކުސް

މާސްޓަރސް – 40 މާކްސް

ޕީ.އެޗް.ޑީ - 50 މާކްސް

 

 

މަސައްކަތުގެ ތަޖުރިބާއަށް މާކުސް ދިނުމަށް ކަނޑައަޅާފައިވާ ގޮތް (އެ މެންބަރަކު ތަމްސީލުކުރާ ދާއިރާއަކުން ހޯދާފައިވާ ސެޓްފިކެޓް)

ޚިދުމަތްކޮށްފައިވާ މުއްދަތު 5 އަހަރާ 7 އަހަރާ ދެމެދު - 5 މާކްސް

ޚިދުމަތްކޮށްފައިވާ މުއްދަތު 7 އަހަރާ 10 އަހަރާ ދެމެދު - 10 މާކްސް

ޚިދުމަތްކޮށްފައިވާ މުއްދަތު 10 އަހަރާ 12 އަހަރާ ދެމެދު - 15 މާކްސް

ޚިދުމަތްކޮށްފައިވާ މުއްދަތު 12 އަހަރުން މަތި - 20 މާކްސް

 

 

މާކްސް ދިނުމާއި އިންޓަވިއު ކުރުމުގައި ގެންގުޅޭނެ އާންމު މިންގަނޑު

 

  1. ހުށަހަޅާ ތައުލީމީ ސެޓްފިކެޓްތަކުގެ ތެރެއިން މާކުސް ދެވޭނީ އެންމެ މަތިން ހޯދާފައިވާ ތައުލީމީ ސެޓްފިކެޓަށް އެކަންޏެވެ.
  2. މަތީގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ ތެރެއިން ކޮންމެ ދާއިރާއަކަށް 1 (އެކެއް) އަށްވުރެ ގިނައިން  ކުރިމަތިލައިފިނަމަ އެ މަޤާމަށް މީހަކު ޢައްޔަންކުރާނީ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އިންޓަވިއު ކޮށްގެން އެންމެ މަތީ މާކުސް ލިބޭ ފަރާތެކެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މެމްބަރުކަމަށް އެދި ހުށަހަޅާ ސިޓީ (އެ މީހަކު ތަމްސީލުކުރާ ދާއިރާ އެނގޭގޮތަށް)
  2. ތައުލީމީ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތައް، ހުށަހަޅާފައިވާ ކޮޕީ އެޓެސްޓް ކޮށްފައިނުވާނަމަ، އިންޓަވިއުއަށް ޙާޟިރުވާއިރު ސެޓްފިކެޓްތަކުގެ އަޞްލު ގެންނަން ވާނެއެވެ.)
  3. މެމްބަރުކަމަށްއެދޭ ފަރާތަށް ލިބިފައިވާ މަސައްކަތު ތަޖުރިބާގެ ލިޔުންތައް (މަސައްކަތް ކުރި ތަނާއި ކުރިމަސައްކަތާއި މުއްދަތު އެނގޭގޮތަށް)
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ
  5. ވަނަވަރު (ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އެނގޭނެގޮތަށް)

ސުންގަޑި

19 އޮކްޓޫބަރު 2021 ގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ ކައުންޓަރަށް) އަށް ހުށަހެޅުއްވުން ނުވަތަ މިނިސްޓްރީގެ އީމެއިލް [email protected] އަށް ފޮނުއްވައިދެއްވުން (އީމެއިލް އިން ހުށަހަޅާ އެޕްލިކޭޝަންތަކައް މިނިސްޓްރީން ލިބުނުކަން އަންގާނެކަން ދަންނަވަމެވެ. ނަމަވެސް މިނިސްޓްރީން ޖަވާބެއް ނުލިބޭނަމަ އެޕްލިކޭޝަން މުއްދަތު ހަމަވުމުގެ ކުރިން މިނިސްޓްރީއަށް ލިބުނުތޯ ބެއްލެއްވުން އެދެމެވެ.)

އިތުރުމަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014331 އަދި 3014330 އެވެ.

11 އޮކްޓޫބަރު 2021
ހޯދާ