ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ދިދައާއި ސިއްކަ ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

 a

&

ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީކައުންސިލްގެ އިދާރާ

     ފ. ފީއަލީ،

     ދިވެހިރާއްޖެ.                 

 

ނަންބަރ: (IUL)370-ESMS SC/370/2021/15  

 

އިއުލާން

 

 

ކައުންސިލްގެ ދިދައާއި ސިއްކަ ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

 

މި ކައުންސިލްގެ ދިދައާއި ސިއްކަ ފަރުމާކޮށްދިނުމަށް ސައުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

 

ދިދައާއި ސިއްކަ ފަރުމާ ކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތައް

 

  1. އެއްވެސް މުވައްސަސާއަކުން ބޭނުންކުރަމުންދާ ދިދައާއި ސިއްކައިގެ ކޮޕީއަކަށް ނުވުން.
  2. އެއްވެސް ސިޔާސީ ޕާޓީއެއް ރަމްޒުކޮށްދޭ އެއްޗަކަށް ނުވުން.
  3. ފ.ފީއަލީގެ ޤަދީމީ ތާރީޚު ނުވަތަ ފީއައްޔަށް ނިސްބަތްވާ ޚާއްޞަ ސިފައެއް ރަމްޒުކޮށްދޭ އެއްޗަކަށްވުން.
  4. ރީނދޫ، ނޫ، ރަތް، ހުދު މި 04 ކުލަ ބޭނުންކޮށްގެން ފަރުމާކޮށްފައިވާ ދިދައާއި ސިއްކަ އަކަށް ވުން.
  5. 2cm x 2cm އަށް ކުޑަކުރުމުން ސިއްކައިގެ އަސްލު ނުގެއްލުން.
  6. މެޓަލްގައި ފަސޭހައިން ތައްޔާރުކުރެވޭ އަދި ލަކުޑިއަށް ފަސޭހައިން ބާންކުރެވޭ ލޯގޯއަކަށް ވާންވާނެއެވެ.
  7. ހުށަހަޅާ ސިއްކައިގެ ކުލަ އަދި ބްލެކް އެންޑް ވައިޓް ހާޑްކޮޕީއާއި ސޮފްޓްކޮޕީ ( ސޮފްޓްކޮޕީގެ ގޮތުގައި އޭގެ އޮރިޖިނަލް އަދި ވެކްޓަރ ފައިލްސް ) ހުށަހަޅަންވާނެއެވެ.
  8. ދިދައާއި ސިއްކައިން ރަމްޒުކޮށްދެނީ ކޮން ކަންތައްތަކެއްކަން ލިޔުމުން ހުށަހެޅުން.
  9. ކުރިމަތިލާ ކޮންމެ ފަރާތަކުންވެސް ދިދައާއި ސިއްކަ ހުށަހަޅަންވާނެއެވެ.

 

 

 

ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ މަޢުލޫމާތާއެއްގޮތަށް މި ކައުންސިލްގެ ދިދައާއި ސިއްކަ ފަރުމާކޮށްދެވޭނެ އަގަކާއި މުއްދަތު ބަޔާންކޮށް، 24 އޮކްޓޯބަރ 2021 ވާ އާދިއްތަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ކޯޓޭޝަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. ހުށަހަޅާ ކޯޓޭޝަން ހުންނަންވާނީ ސިޓީއުރައިގައި ބަންދުކޮށްފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި " ފ.ފީއަލީ ކައުންސިލްގެ ދިދަ އަދި ސިއްކަ ފަރުމާކުރުން " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ހުށަހަޅާ ފަރާތްތަކަކީ ވިޔަފާރި ރަޖިސްޓްރީ ގާނޫނު ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ގާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ވާންވާނެއެވެ.

   އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު  / 9992798 / 79708046740012 އަށް ގުޅުއްވުމަށް ދަންނަވަމެވެ. އަދި މި އިދާރާގެ އީމެއިލް: [email protected] ށް އީމެއިލްކުރެއްވުމަށް ދަންނަވަމެވެ.

 

v    ޕޮއިންޓްދިނުމަށް ހަމަޖެހިފައިވާގޮިތް:

 

  •  މަސައްކަތުގެ އަގަށް 50 ޕޮއިންޓް ( % )
  • މަސައްކަތު މުއްދަތަށް 25 ޕޮއިންޓް ( % )
  • މަސައްކަތު ތަޖުރިބާ 25 ޕޮއިންޓް ( % )

 

v    ހުށަހަޅަންޖެހޭ ލިޔުންތައް:

ހ. އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާރޑްގެ 02 ފުށުގެ ފޮޓޯކޮޕީ.

ށ. ކުރިންކޮށްފައިވާ މަސައްކަތްތަކާއި ބެހޭ ގޮތުން ލިބިފައިވާ ލިޔުންތަކުގެ ފޮޓޯކޮޕީ.

ނ. ކޮމްޕެނީއެއްގެ ފަރާތުން އަންދާސީ ހިސާބު ހުށަހަޅާނަމަ ކޮމްޕެނީގެ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ފޮޓޯކޮޕީ.  

ރ. ވިޔަފާރި ރަޖިސްޓްރީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރި ކޮޕީ، ޖީއެސްޓީ ރަޖިސްޓްރީގެ ކޮޕީ.

 

1443 C 5

11 އޮކްޓޯބަރ 2021

 

 

 

 

                                                                 މޫސާ އަޙުމަދު

                                                            ފީއަލީ ކައުންސިލްގެ ރައީސް

                                            

11 އޮކްޓޫބަރު 2021
ހޯދާ