ދިވެހިރާއްޖެ
ހދ ވައިކަރަދޫ ޞިއްޙީ މަރުކަޒުގައި ކުރަން ހުރި ބައެއް މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)KRH-PLD/2021/67 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާތިލު ކޮށްފީމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުއްވުމަށް ފަހު 11 އޮކްޓޫބަރު 2021 ވާ ހޯމަ ދުވަހުން ފެށިގެން 21 އޮކްޓޫބަރު 2021 ވާ ބުރާސްފަތި ދުވަހުގެ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި އިއުލާނާ ގުޅޭ މައުލޫމާތު ކަރުދާހުގެ ސޮފްޓް ކޮޕީ ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވައި ދެވޭނެއެވެ. މައުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މި ހޮސްޕިޓަލު މީޓިންގ ރޫމް އަދި ވައިކަރަދޫ ޞިއްޙީ މަރުކަޒު ގައެވެ.
މައުލޫމާތު ސާފުކުރުން
24 އޮކްޓޫބަރު 2021 ވާ އާދީއްތަ ދުވަހުގެ 10:30 ގައި
- އަންދާސީ ހިސާބު ހުށަހެޅުން
28 އޮކްޓޫބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި
ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.