ދިވެހިރާއްޖެ
ނަންބަރު: A/IUL/344/2021/41
ޢިއުލާން
އއ. ފެރިދޫ ބަނދަރު ސަރަހައްދުގައި ފޯދިފައިހުރި 07 (ހަތެއް) ރުއް، 12 (ބާރަ) މަސްދުވަހަށް ކުއްޔަށް ހިފާނެފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް، 2021 އޮކްޓޯބަރ 11 ވާ ހޯމަ ދުވަހުން ފެށިގެން 2021 އޮކްޓޯބަރ 14 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން [email protected] އަށް ނުވަތަ އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާއަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު ފޮނުއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2021 އޮކްޓޯބަރ 24 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00ގައި މި ކައުންސިލްގެ އިދާރާގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ 2021 އޮކްޓޯބަރ 14 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 12:00 ގެ ކުރިން [email protected] އަށް މެއިލްމެދުވެރިކޮށް ނުވަތަ އއ.ފެރިދޫ ކައުންސިލްގެ އިދާރާއަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
05 ރަބީޢުލްއައްވަލް 1443