ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ޞިއްޙީ މަރުކަޒުގެ ކަރަންޓް ވިއުގަ އަމިއްލަ ތަކެތީގައި ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

މަކުނުދޫ ޞިއްޙީ މަރުކަޒު

ހދ. މަކުނުދޫ    

 ދިވެހިރާއްޖެ

ނަންބަރު:B-17/SM/2021/05

އިޢުލާން

 


އަންދާސީ ހިސާބު ބޭނުންވެއްޖެ:

10 އޮކްޓޯބަރ 2021 ވަނަ ދުވަހު ގެޒެޓްކުރެވުނު އިޢުލާނުގައި ހިޖްރީ ތާރީޚް އަދި އީމެއިލް އެޑްރެސްގައި މައްސަލައެއް ފާހަގަ ކުރެވުމުން އިއުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

މިމަރުކަޒުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް އިމާރާތުގެ ކަރަންޓު ވަޔަރު އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

1. ބީލަން ހުޅުވާލެވިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.

2. ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކަށެވެ.

   1- ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކުންފުނިތައް.

   2- ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.

   3-  ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.

   4- އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

 

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުއްވުމަށް ފަހު 11 އޮކްޓޯބަރ 2021 ވާ ހޯމަ ދުވަހުން ފެށިގެން 14 އޮކްޓޯބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މަރުކަޒުގެ އޮފީހަށް ހުށަހެޅުއްވުން، ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި އިއުލާނާ ގުޅޭ މައުލޫމާތު ކަރުދާހުގެ ސޮފްޓް ކޮޕީ ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވައި ދެވޭނެއެވެ. މައުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މި މަރުކަޒުގެ އޮފީހުގައެވެ.

 

 މައުލޫމާތު ސާފުކުރުން:

19 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހުގެ 10:30 ގައި

އަންދާސީ ހިސާބު ހުށަހެޅުން:

26އޮކްޓޯބަރު 2021 ވާ އަންގާރަ ދުވަހުގެ 10:30 ގައި

 ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ދުވަސްތަކުގެ އޮފީސް ހުޅުވިފައި ހުންނަ ގަޑީގައި 6520094 ނަންބަރު ފޯނަށް ގުޅުއްވުމުން ނުވަތަ [email protected] އަށް މެއިލް އިން ހުށަހެޅުއްވުން އެދެމެވެ.

 

05 ރަބީޢުލް އައްވަލް 1443

2021                                  11 އޮކްޓޯބަރ 2021

11 އޮކްޓޫބަރު 2021
ހޯދާ