މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ޝައުގުވެރިވާ ފަރާތްތައް ރެޖިސްޓްރީ ކުރުމަށް ހުޅުވާލުން

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ޝައުގުވެރިވާ ފަރާތްތައް ރެޖިސްޓްރީ ކުރުމަށް ހުޅުވާލުން

 

ކޮވިޑް19 ގެ މަސައްކަތްތައް ކުރުމަށް އުފައްދާފައިވާ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު(އެޗް.އީ.އޯ.ސީ)ގައި އަދި އެޗް.އީ.އޯ.ސީގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުގައި ކުރެވޭ މަސައްކަތުގައި  ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ދަފުތަރެއް އެކުލަވާލުމަށް މި ސެންޓަރުން ވަނީ ނިންމާފައެވެ. މިގޮތުން އެކުލަވާލެވޭ ދަފުތަރުގައިވާ ފަރާތްތަކަށް މި ސެންޓަރުން ތަމްރީނު ޕްރޮގްރާމެއް ހިންގޭނެއެވެ. އަދި ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކުގެ ތެރެއިން އެވަގުތެއްގައި ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރަންޖެހޭ މަސައްކަތްތަކަށް ރިޔާއަތްކޮށް ވޮލަންޓިއަރުން ނަގަމުންދާނެއެވެ.

ވީމާ އެޗް.އީ.އޯ.ސީގައި އަދި އެޗް.އީ.އޯ.ސީގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުގައި ކުރެވޭ މަސައްކަތުގައި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ހުރި  ފަރާތްތަކުން ތިރީގައި ލިންކްގައިވާ ރެޖިސްޓްރޭޝަން ފޯމް ފުރިހަމަކުރުމަށް ދަންނަވަމެވެ.

https://forms.gle/ZacjRmkUu2kduz18A

އިތުރު މައުލޫމާތު ސާފުކުރުމަށް [email protected]  އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

11 އޮކްޓޫބަރު 2021
ހޯދާ