ހުރަވީ ސްކޫލް، ހުޅުމާލެ
ދިވެހިރާއްޖެ
މި ސްކޫލްގައި ސެޓެލައިޓް ސްކޫލް ފެށުމަށް ޓަކައި ސެޓެލައިޓް ސްކޫލް މެދުވެރިކޮށް ކިޔަވައިދިނުމަށް ބޭނުންކުރާ ކްލާސް ރޫމްގައި ދޮރުފޮތި ދެމުމުގެ މަސައްކަތް ކުރުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

މި ސްކޫލްގައި ސެޓެލައިޓް ސްކޫލް ފެށުމަށް ޓަކައި ސެޓެލައިޓް ސްކޫލް މެދުވެރިކޮށް ކިޔަވައިދިނުމަށް ބޭނުންކުރާ ކްލާސް ރޫމްގައި ދޮރުފޮތި ދެމުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

 

 

ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2021 އޮކްޓޯބަރ 18 ވާ ހޯމަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

 

މި ކަމަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014)  އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހުރަވީ ސްކޫލް

ފޯން: 3350711 / 3350704

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

 

10 އޮކްޓޯބަރ 2021

10 އޮކްޓޫބަރު 2021
ހޯދާ