ދިވެހިރާއްޖެ
ކޮޅުމަޑުލު އޮމަދޫ މެޖިސްޓްރޭޓްކޯޓް
ތ.އޮމަދޫ
ދިވެހިރާއްޖެ ނަމްބަރް N13C-A/2021/4
އިޢުލާން
ފާހާނައެއް އަޅައިދޭނެ ފަރާތެއް ހޯދުން
މިކޯޓުގައި ކޯޓް އިމަރާތާއި ގުޅުވައިގެން ފާހާނައެއް އެޅުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މިމަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނުގެ ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައިވާ ގޮތުގެމަތިން މި ކޯޓަށް ޙާޟިރުވެ މައުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
ތަފްސީލް |
ތަން |
ތާރީޚް |
ގަޑި |
މައުލޫމާތު ދިނުމުގެ ސެޝަން |
ތ.އޮމަދޫ މެޖިސްޓްރޭޓް ކޯޓް |
12އޮކްޓޫބަރ 2021 |
10:30 |
އަންދާސީހިސާބު ހުށަހެޅުން |
ތ.އޮމަދޫ މެޖިސްޓްރޭޓް ކޯޓް |
20އޮކްޓޯބަރ 2021 |
10:30 |
މައުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ޙާޟިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
މިޢިއުލާނާއި ގުޅިގެން މިކޯޓުގެ ނަމްބަރ N13C-A/2021/3 އިއުލާން ބާތިލްވީއެވެ.
04 ރަބީޢުލްއައްވަލު 1443
10 އޮކްޓޯބަރ 2021