ކޮޅުމަޑުލު ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ތ.ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓްޢިމާރާތުގެ ސީލިންގ މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

ކޮޅުމަޑުލު ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓް             ނަންބަރު:N10C-A/IU/2021/02   

       ތިމަރަފުށި،

        ދިވެހިރާއްޖެ،

                        

 

އިޢުލާން

 

މިކޯޓުގެ ޢިމާރާތުގެ ސީލިންގ މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.  

        މިކޯޓުގެ ޢިމާރާތުގެ ސީލިންގ މަރާމާތުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން  ބޭނުންވެއްޖެއެވެ.

        ވީމާ، މިމަސައްކަތް އަމިއްލަ  ތަކެތީގައި  ކޮށްދިނުމަށް  ޝައުޤުވެރިވެލައްވާ  ފަރާތްތަކުން 12 އޮކްޓޯބަރ 2021ވާ  އަންގާރަ ދުވަހުގެ 13:30 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 20 އޮކްޓޯބަރ 2021ވާ ބުދަ ދުވަހުގެ 13:30 އަށް މިކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.  

        އަންދާސީހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19)ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.         

        މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކުރައްވައި ސިޓީ ހުށަހަޅުއްވަން ވާނެއެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި،ގަޑި ޖެހިގެން މެއިލް އަދި ޙާޟިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ. އެސްޓިމޭޓް ކެނޑުން އޮންނާނީ ހުށަހަޅުއްވާ ފަރާތްތަކުގެ ޙާޟިރުގައެވެ.

        މިކަމާއިބެހެގޮތުން މިކޯޓުން ކުރެވުނު ނަންބަރު: N10C-A/IU/2021/01 (2021-09-29) އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވި ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ތަމްސީލް ކުރައްވާ ފަރާތުގެ ލިޔުން ގެނެސްފައިނުވާތީ، އެއިޢުލާން ބާޠިލް ކުރެވިފައިވާކަމުގައިވެސް ދެންނެވީމެވެ.

         އިތުރުމައުލޫމާތު ސާފުކުރެއްވުމަށް މިކޯޓުގެ ނަންބަރު 6780660 އަށް ގުޅުއްވުންއެދެމެވެ. 

         ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.

         10   އޮކްޓޯބަރ   2021  

10 އޮކްޓޫބަރު 2021
ހޯދާ